މަންމަ އަށް އަނިޔާކޮށް ގަދަކަމުން ފައިސާ ހޯދަން އުޅުނު މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ މީގެ ކުރިން ވެސް މަންމައަށް އަނިޔާކޮށްފައިވާތީ، ފެމިލީ ކޯޓުން ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރެއް ވެސް ނެރެފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އެ އަމުރާ ހިލާފުވެ އަނެއްކާވެސް މަންމައަށް އަނިޔާ ކުރި މައްސަލައަކާ ގުޅިގެންނެވެ.
ކޯޓު އަމުރުގައިވާ ގޮތުން އެ މީހާ އެ މީހާ މަންމަ އަތުން ގަދަކަމުން ފައިސާ ހޯދަން، މަންމަ ގައިގައި ތަޅައި އަނިޔާކުރި ކަމަށް ސީނަށް ދިޔަ ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.
އެހެންވެ، މި ބާވަތުގެ ކުށްތަކަށް ތަކުރާރުކޮށް އަރައިގެންފައިވާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.
ކުރިމިނަލް ކޯޓުން ވަނީ އެ މީހާ ހަތް ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި