ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ބިދޭސީންނާއި ގުޅުންހުރި ބައެއް ކަންކަންކޮށް، އެކި ފަރާތްތަކުން ނަހަމަ ގޮތުގައި ފައިސާ ހޯދަމުންދާ ކަމަށް ތުހުމަތުކުރެވޭ މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާންގެ ރަސްމީ އެކްސް އެކައުންޓުން މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ތުހުމަތު ކުރަނީ އިމިގްރޭޝަންގެ ފަސް އޮފިސަރެއްގެ މައްޗަށް ކަމަށާއި އެ މައްސަލަ ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި އެ އޮފިސަރުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައި، ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށްވެސް ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
އިހުސާން ވިދާޅުވީ، އެ މައްސަލައިގެ އިތުރު ތަފުސީލުތައް ތަހުގީގު ކުރިއަށްދާވަރަކުން ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތައް ގުޅިގެން ހާމަކުރަމުން ގެންދާނެ ކަމަށެވެ. އަދި އެފަދަ ކަންކަމަކީ މި ސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލު ކުރާނެ ކަންކަން ނޫން ކަމަށްވެސް ވިދާޅުވި އެވެ.
”ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ހުރުމަތްކަނޑައި ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވަމުންދާ ފަރާތްތަކާ ދޭތެރޭ ގާނޫނީ ގޮތުން އެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް އަންގަވާފައިވާ ކަމެއް،“ އިހުސާން ވިދާޅުވި އެވެ.

ގުޅުންހުރި
ކާޑެއްދޫ އެއާޕޯޓު އަނބުރާ ހޯދަން ސަރުކާރުން ދެ ގޮތެއް ހުށަހަޅައިފި: ވިލާއަށް
މާދަމާ މާލެއާއި ހުޅުމާލެއިން އެއް ގަޑިއިރަށް ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
އަދާލަތު ޕާޓީ ވުޖޫދުން ފޮހެލަން ބާރުގަދަ ފަރާތްތަކުން މަސައްކަތްކުރި: އިޔާޒު
ގެދޮރުވެރިޔާ ފްލެޓު އެއްބަސްވުމުގައި 1،826 މީހުން ސޮއިކޮށްފި
ކައުންސިލް އިންތިހާބަށް 260 އަށް ވުރެ ގިނަ މުވައްޒަފުން ހޯދަނީ، ވޯކް-އިން
އިންޑިއާ އަންހެނަކު ލުބޫބޫ ޑޯލްއަށް އަޅުކަންކުރާތަން ވައިރަލްވެއްޖެ