ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން، ހުކުމަށް ލުޔާއި މައާފު ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އެގޮތަށް ނިންމަވާފައިވަނީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ކެބިނެޓުގެ ޖަލްސާގައި ހޯމް މިނިސްޓްރީން އެކަމަށް ހުށަހެޅި ކަރުދާހަށް ކެބިނެޓުން ވަނީ މަޝްވަރާކޮށްފައި ކަމަށެވެ. ރައީސްގެ އެ ނިންމެވުމަކީ ކެބިނެޓުގެ ލަފާގެ މަތިން ނިންމެވި ނިންމުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ޖަލުގައި ހިންގާ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ބައެއްގެ ގޮތުގައި ޖަލުގެ އެތެރޭގައާއި ބޭރުގައި ތަފާތު އެކި މަސައްކަތްތައް ކުރުމުގެ ފުރުސަތު ވެސް ގައިދީންނަށް ފަހިކޮށްދިނުން ކަމަށެވެ. އަދި އެ ޕްރޮގްރާމްތައް ހޯމް މިނިސްޓްރީއާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަ ކުރާ މީހުންނަށް، އެކަމާ ގުޅުވައިގެން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން ހުކުމަށް ލުއި ދިނުމާއި، ހުކުމް މައާފުކޮށްދިނުމުގެ ފަހިކޮށްދިނުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހޯމް މިނިސްޓްރީންގެ ހުށަހެޅި ކަރުދާހުގައިވާ ގޮތަށް އަޅާނެ ފިޔަވަޅުތަކަކީ:
– ރީހެބިލިޓޭޝަން ފްރޭމްވޯކަށް އަމަލުކުރަން ފެށުން
– ޖަލުތަކުގައާއި، ޖަލުން ބޭރުގައި ގައިދީންނަށް ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް އިތުރުކުރެވޭނެ ގޮތަށް ނިޒާމް ބަދަލުކުރުން
– ރީހެބިލިޓޭޝަން ފްރޭމްވޯކާއި، މައާފުދިނުމާއި، ޕެރޯލް ހަމަޖެއްސުމާއި ހުކުމަށް ލުއި ދިނުމުގެ ނިޒާމް ގުޅުވާލުން
– ކޮމިއުނިޓީ ސާވިސް އިތުރަށް ފުޅާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
އެ ކަންކަން ކުރުމަށްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާ ހަވާލުކޮށް، އެކަންކަން ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މައިގަނޑު ކަންކަން ހާސިލްކުރުމަށް ޓައިމްލައިނެއް އެކުލަވާލައި، އެކަންކަން ހާސިލްކުރެވޭ މިންވަރު ބެލުމަށް ވެސް ނިންމުމުގައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި