މިދިޔަ އަހަރު އިންގްލެންޑާއި ވޭލްސްގައި އުފަންވި ފިރިހެން ކުދިންނަށް ކިޔާފައިވާ އެންމެ މަގުބޫލު ނަމަކަށް ’މުހައްމަދު‘ ވެއްޖެ އެވެ.
އޮފީސް ފޮ ނެޝަނަލް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2016 ވަނަ އަހަރުން މުހައްމަދަކީ އިނގިރޭސި ވިލާތުގެ އެންމެ މަގުބޫލު 10 ނަމުގެ ލިސްޓުގައި ހިމެނޭ ނަމެކެވެ.
މިއީ އެ ނަން އެންމެ މަގުބޫލު ނަމަށްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިންގްލެންޑާއި ވޭލްސްގައި ފިރިހެން ކުދިންނަށް ކިޔާ އެންމެ މަގުބޫލު ނަމަކީ ނޯއާ އެވެ.
ބީސީސީގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރު އިންގްލެންޑާއި ވޭލްސްގައި އުފަންވި ފިރިހެން ކުދިންގެ ތެރެއިން 4،600 އަށްވުރެ ގިނަ ކުދިންނަށް ’މުހައްމަދު‘ ކިޔާފައިވެ އެވެ.
މުހައްމަދު މި ނަމަކީ މުސްލިމު ފިރިހެނުންގެ ނަމުގެ ކުރިއަށް އެންމެ އާންމުކޮށް ބޭނުންކޮށް އުޅޭ އެއް ނަމެވެ. އަދި އެ ނަން އެންމެ ބޮޑަށް ނިސްބަތްވާ ފަރާތަކީ ކީރިތި ރަސޫލާ އެވެ.
އެންމެ މަގުބޫލު 100 ފިރިހެން ނަމުގެ ތެރޭގައި ވެސް މުހައްމަދު އެ ނަން އިތުރު ދެ ގޮތަކަށް ހިމެނެ އެވެ. އެއީ ނަން ލިޔާ ގޮތުގައި ހުރި ތަފާތުތަކާ އެކީގަ އެވެ. އެގޮތުން ”Muhammad“ އަދި ”Mohammed“ ވެސް ލިސްޓުގައި ހިމެނެ އެވެ.
އޮފީސް ފޮ ނެޝަނަލް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތައް ދައްކާ އިންގްލެންޑާއި ވޭލްސްގައި އުފަންވި އަންހެން ކުދިންނަށް ކިޔާފައިވާ އެންމެ މަގުބޫލު ނަމަކީ އޮލިވިއާ އެވެ. ދެވަނައިގައި ހިމެނެނީ އެމީލިއާ އެވެ. ތިނަވަނައިގައި ހިމެނެނީ އިސްލާ އެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި