މިއަދު އިރުއޮއްސުނު ވަގުތު އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގައި ހަމަނުޖެހުން ހިންގި ބިދޭސީންތަކެއްގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
މިއަދު އިރުއޮއްސުނު ގަޑީގައި އާޓިފިޝަލް ބީޗްގައި ގިނަ އަދަދެއްގެ މީހުން ޖަމާވެފައިވަނިކޮށް، ހަމަނުޖެހުން ހިންގާފައިވަނީ އެ ތަނަށް ގޮސް އުޅުނު އިންޑިއާ ބައެއްގެ މެދުގަ އެވެ. އެކަކު އަނެއްކަކަށް ހަމަލާދީ، ޒުވާބުކޮށް ހެދުމުން އެ ތަނުގެ މަސްލަހަތު ގެއްލުނެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިދާޅުވީ އެ މާރާމާރީގައި ބައިވެރިވި ބިދޭސީންގެ މައްސަލަ ޓާސްކް ފޯހުން މިހާރު ބަލަމުންދާ ކަމަށެވެ. އަދި އެކަމުގައި ޝާމިލުވި ބިދޭސީންނަށް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދެއްވި އެވެ.
އެކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ އާޓިޝަލް ބީޗުގައި މާރާމާރީ ހިންގި ކަމުގެ ރިޕޯޓް 6:22 އެހާކަންހާއިރު ލިބިފައިވާ ކަަމަށެވެ. އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާނެ ކަމަށް ފުލުހުން ބުންޏެވެ.




1 Comment
ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި