ގއ. ދާންދޫ މަގުމަތިން މަރުވެފައިއޮތް މީހަކު ފެނިއްޖެ އެވެ.
މަރުވެފައިވަނީ އެ ރަށު، ނަގަހެލަ، އަހުމަދު އަބްދުﷲ (33އ) އެވެ.
ފުލުހުން ބުނީ އަހުމަދު އަބްދުﷲ މަރުވެފައި އޮތްވާ ފެނުނީ ދާންދޫ ފެނަކަ ބްރާންޗުގެ ހުޅަނގު ފަރާތު މަގުމަތިން ކަމަށެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.



