ރާއްޖެއަށް، ޗާގޯސް ލިބުން ހައްގުކަން ބޮޑު ކަމަށް ބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ސަރުކާރަށް ފޮނުވި ސިޓީ ސިއްރުކޮށްފި އެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ޗާގޯސްގެ ސިޔާދަތީ ބާރު، މޮރިޝަސްއަށް ދިނުމުަށް އިނގިރޭސިވިލާތުން މަސައްކަތް ކުރަމުންދާތީ ރާއްޖެއިން ވާނީ ޗާގޯސް ލިބުން އެންމެ އައުލާވެގެންވަނީ ރާއްޖެއަށް ކަމަށް ވިދާޅުވެ ރަސްމީ ސިޓީއެއް އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުވައިފައި ކަމަށެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ”އަދަދު“ ނޫހުން ވަނީ އެ ސިޓީގެ ކޮޕީ، އަދި ފޮނުވި ލިޔެކިޔުންތަކާއި، އެ ސިޓީއަށް ޔޫކޭ ސަރުކާރުން ޖަވާބެއް ލިބިފައިވާނަމަ އެ ޖަވާބުގެ ކޮޕީ ހޯދަން ހުށަހަޅައިފަ އެވެ.
މަހޯލި ޕޯޓަލް މެދުވެރިކޮށް ނޮވެމްބަރު 12، ގައި ހުށަހެޅި ހުށަހެޅުމަށް ގާނޫނުގައި ބުނާ 21 ދުވަހުގެ ތެރޭގައި ޖަވާބު ނުދީ، މުއްދަތު އިތުރު ކުރުމަށް ފަހު، އެދިފައިވާ މައުލޫމާތު ދެވެން ނެތް ކަމަށް އެންގީ ބުރާސްފަތި ދުވަހު އެވެ.
ނަމަވެސް އެ މައުލޫމާތު ފޯރުކޮށްދެވެން ނެތް ކަމަށް ރައީސް އޮފީހުން ވަނީ ”އަދަދު“ ނޫހަށް އަންގައިފަ އެވެ. ސަބަބެއް ކަމަށް ބުނީ އެ މައުލޫމާތު ހާމަކޮށްފިނަމަ ސަރުކާރުގެ ސިޔާސަތު އެކުލަވާލުމަށް ހުރަސް އެޅޭނެތީ ކަމަށެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް