އެޗްޑީސީގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅެމުންދާ ގެ ބަލައިފާސްކޮށް، އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން މިއަދު ބުނީ ފުލުހުން ތަހުގީގުކުރަމުންދާ ބިންވެރިއާ އަދި ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން ފަޒުލް ދިރިއުޅޭ ގެ ކަމަށްވާ މ. ޒޭވަރު ރޭގެ ވަގުތެއްގައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި އެ ގެ ބަލައި ފާސްކޮށް ބޭނުންވާ ބައެއް ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށާއި، އޭގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.
ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލައެއްގެ ތަހުގީގު ފުލުހުން ވަނީ ފަށައިފަ އެވެ. އުސޫލުން ބޭރުން ގޯތި ލިބުނު ކަމަށް ތުހުމަތުވާ މީހުންގެ ތެރެއިގައި ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޒީލް ރަޝީދު ހިމެނެއެވެ. އެ މައްސަލައާ ގުޅިގެން އެ ދެ މީހުން ސަސްޕެންޑުކޮށް ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. ސަސްޕެންޑް ކޮށްފައިވަނިކޮށް ފަޒުލް ވަނީ އެޗްޑީސީގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ބިންވެރިޔާ ސްކީމުގެ ބޭރުން ބަޔަކަށް ގޯތި ދިން މައްސަލައެއް ފެންމަތިވީ ފަޒީލް ހުށަހެޅި ބިމުގެ ވަށާފާރު ރޭނުމަށް އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކުވެސް ހުށަހެޅުމުންނެވެ. އެހެންވެ އެ ގޯތި ލިބިފައިވަނީ ކާކަށްތޯ ބެލުމަށް އެޗްޑީސީން 24 ޖުލައި 2024 ގައި ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވި އެވެ.
އެ ސިޓީގެ ޖަވާބުގައި ހައުސިން މިނިސްޓްރީން 15 އޮގަސްޓް 2024 ގައި ފޮނުވި ސިޓީގައި ބުނެފައިވަނީ ގޯތީގެ ފާރު ރޭނުމަށް އެދިފައިވާ ދެ މީހުންނަކީވެސް ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދިފައިވާ ބައެއް ނޫން ކަމަށެވެ. އަދި ފާރު ރާނަން އެދިފައިވާ ގޯއްޗަކީ މިނިސްޓްރީން އެއްވެސް މީހަކާ ހަވާލުކޮށްފައިނުވާ ގޯއްޗެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) ފިޔަވައި، އެ ކުންފުނީގެ ބޯޑާއި ބައެއް އިސް މުވައްޒަފުން އިއްޔެ މަގާމުން ސަސްޕެންޑުކޮށްފައިވާއިރު ފަޒީލް ވެސް އިއްޔެ ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފުގެ އަމުުރަކަށް ފުލުހުންނާއި އޭސީސީ ގުޅިގެން ބިންވެރިޔާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ފަށަން ތައްޔާރުވެފަ އެވެ.
ފުލުހުން ވަނީ މީގެ ކުރިން އެޗްޑީސީ ވެސް ބަލައިފާސްކޮށް ބައެއް ލިޔެކިޔުންތައް ގޮސްފަ އެވެ.

ގުޅުންހުރި
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ގާޒާގެ ކުޑަކުދިން ކައިގެން ތިބެނީ ދުވާލަކު އެއްއިރު!
އިނގުރައިދޫ މީހުން މިދިލިއޮށް ހޮވުން ކައުންސިލުން މަނާކޮށްފި
ދުންފަތް ވިޔަފާރިކުރުމުގެ ލައިސެންސް ހޯދަން ހުޅުވާލައިފި
ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފި