ޑިސެމްބަރ 25, 2024

ވޭޕް މަނާކުރިތާ ހަފުތާއެއް: ވޭޕް ބޭނުންކުރި 9 މީހަކު ޖޫރިމަނާކޮށް 50،000 ރުފިޔާ ހޯދައިފި

މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާ ހިލާފުވި ނުވަ މީހެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އެ ނުވަ މީހުން ޖުމުލަ 50،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ތެރެއިން އެކަކު، ސައިކަލު ދުއްވަމުން އީ-ސިނގިރޭޓެއް ބޭނުންކޮށްފައިވާތީ އިތުރު 10،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު، ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރިކުރުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާވެފަ އެވެ. ވޭޕާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއެކު އިލެކްޓްރޯނިކް ސިނގިރޭޓް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުންވެސް މަނާވާނެ އެވެ.

ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުން އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެ ކުރުމަކީ މަނާ ކަމެކެވެ.

އެފަދަ ތަކެތި އެތެރެކޮށްފި ނަމަ، 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެގޮތުން ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ނަމަ، އިތުރު 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެފަދަ އުފެއްދުމެއް ރާއްޖޭގައި ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

8 Comments

  • Ahmed Mahz ޑިސެމްބަރ 24, 2024

    Theege badhaluga muizz ah 500000 vote.. Kazzaab

  • Mohamed Nizaar ޑިސެމްބަރ 24, 2024

    9 ah vure ginavaane thiya beynun kuraameehun.masthuvaa thakehchahves thiyahen hadhanvee.eyrun ekanves madhuvaane kamah belevey

  • Shamooh Shamutte ޑިސެމްބަރ 24, 2024

    Saabahey muiz vrh bodah shukuriyyaa vape joorimanaa 20000 ah bodu kuran feney 500 asluves kuda

  • Imran Mohamed ޑިސެމްބަރ 25, 2024

    Emeehunnaky ekamah dhevihifaafathibi bali kudhin. Emeehunnah faruvaakurey… Ehen kankamuga kuraahen.. bulhalah faruvaa dheyn thaneh hedhihen thikamah faruvaadheyn thaneh hadhaafa muvahzafunthakeh avaha lamaa hingaaa

  • Hussain Nasir ޑިސެމްބަރ 25, 2024

    Thi hoadhaahaa rufiyaathah konthaakah hey thi alhanee?😅

  • Gi Ni ޑިސެމްބަރ 25, 2024

    garo buvey kuhthaathekaa,,,mulhi dhuniyeyah balaalaba mikahala thaakun thaaku nejehey gaanooneh ehvs thanehga oihthoa,,mee ehvs gaumehga verin rahyithunah jahsaa balaaverikameh noon,,ekm mithaage rahyithun hevi dhilifa,,fababovign noolhe bakhtaa faaban ulhey mi balaaverikamun,,

  • Ipher Sher ޑިސެމްބަރ 25, 2024

    Varah basnaahaa 9 meehunthy konmeakas

  • Mohamed Jamsheed ޑިސެމްބަރ 25, 2024

    ސަރުކާރަށް އާ މަދަނީ އިތުކުރުމަށް ހުޅޮވުނު އިތުރު ދޮރެއް….

Leave a Reply