ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލައާ ގުޅިގެން ޕާސްޕޯޓް ހިފަހައްޓާފައިވާ އެންމެންގެ އިލެކްޓްރޯނިކް ސާމާނުވެސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެހެން ބުނި ނަމަވެސް ހިފެހެއްޓީ ކިހާ އަދަދެއްގެ އެއްޗެއްސެއް ކަމެއް ހާމައެއް ނުކުރެ އެވެ.
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުން މިހާރު ސަސްޕެންޑް ކޮށްފައި ހުންނެވި މުހައްމަދު ފަޒީލް ރަޝީދަށް ހުޅުމާލެއިން ބިމެއް ދިން މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި އެކަމާ ގުޅޭ ލިޔުންތަކެއް ލީކުކޮށްލުމުންނެވެ.
އެ މައްސަލަ ފެންމަތިވުމާ އެކު ފަޒުލް އާއި ފަޒީލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން ފުލުހުން ހާމަކުރީ މި މަހުގެ 19 ވަނަ ދުވަހު އެވެ. ނަމަވެސް ޕާސްޕޯޓް ހިފެހެއްޓި އެންމެންގެ ތަފުސީލެއް ވެސް ފުލުހުން ނުދެ އެވެ.
މި މައްސަލައާ ގުޅިގެން ފަޒުލް ސަސްޕެންޑް ކޮށްފައި ހުންނަވަނިކޮށް މި މަހުގެ 22 ވަނަ ދުވަހު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އޭގެ ދެ ދުވަހެއް ފަހުން މި މަހުގެ 24 ވަނަ ދުވަހު ފުލުހުން ވަނީ ފަޒުލް ދިރިއުޅޭ ގެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފަ އެވެ. އަދި ފަޒީލްގެ ފޯނު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހިފަހައްޓައިފަ އެވެ.

ގުޅުންހުރި
އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ބަންކަރިން އިން
ބިލެތްފަހި އެއާޕޯޓް: މިދިޔަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ, މިއަހަރު ހަވާލުކުރީ އެމްއޭސީއެލްއާ
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން