ކުރީ ސަރުކާރުގެ ފަސް އަހަރު ނިމުނުއިރު، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން އޮތީ ދެ ބިލިއަން ރުފިޔާ އިން ދަރުވާލައިފައި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ކެޕްޓަން މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް ގެނައި ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު ގެނައުމަށް މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، ގައުމީ އެއާލައިން 2000 ވަނަ އަހަރު ފެށީ، ސަރުކާރުގެ ހަތަރު މިލިއަން ރުފިޔާގެ ޕެއިޑް އަޕް ކެޕިޓަލަކުން ކަމަށެވެ.
އަދި 2018 ވަނަ އަހަރު އައިލެންޑް އޭވިއޭޝަންގެ މުދަލުގެ އަގަކީ 2.8 ބިލިއަން ރުފިޔާ ކަމަށާއި އެ އަހަރު އެ ކުންފުންޏަށް ދެ ބިލިއަން ރުފިޔާގެ އާމްދަނީއަކާއެކު ސާފު ފައިދާގެ ގޮތުގައި 89 މިލިއަން ރުފިޔާ ލިބުނު ކަމަށް ވިދާޅުވި އެވެ.
”ނަމަވެސް 2023 ނިމުނުއިރު ފަސް އަހަރު ދުވަހުން ކުންފުނި އޮތީ ދެ ބިލިއަނަށްވުރެ ބޮޑު ދަރަނީގައި“ އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، 2023 ވަނަ އަހަރު ނިމުނުއިރު މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ ހަތަރު މަތިންދާބޯޓު އޮތީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށެވެ. އަދި ކުރީގެ ސަރުކާރުގެ ތެރޭގައި ބޮޑެތި އަދަދުތަކުން ކްރެޑިޓަށް ދަތުރުތައް ކޮށްފައި ހުރުމުން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
13 Comments
ގުޅުންހުރި
ވައިޑް ބޮޮޑީގެ ދެވަނަ ބޯޓު އޮކްޓޫބަރުގައި ބޭނުން ކުރާނެ: ރައީސް
ހޯކްސްގެ ބޯޓަކުން ވަގަށް ސިނގިރޭޓް އެތެރެކުރުން: އިހުސާން އާއި އަމީން ކޮމިޓީއަށް
އާރުޓީއެލް ފެރީގެ ހިދުމަތް އަގުހެޔޮކޮށް ދޭންޖެހުމުން ދައުލަތަށް ގެއްލުންވާތީ، ޓިކެޓުގެ އަގުތައް
ކޫއްޑޫގެ ރަންވޭ މަރާމާތުކޮށް ދަތުރުތައް ވަރަށް އަވަހަށް ފަށާނެ: އަމީން
ފުނަދޫ އެއާޕޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުން މޯލްޑިވިއަންގެ ދަތުރުތައް ކެންސަލްކޮށްފި
އައިލެންޑް އެވިއޭޝަން ޗެއާޕާސަންގެ މަގާމުން މިހާދު ވަކިކުރައްވައިފި