ސއެހެން ރަށެއްގައި މަސައްކަތް ކުރާ ފުލުހަކު އޭނާގެ ދަރިފުޅާ ބައްދަލުކުރުމުގެ ފުރުސަތު ރައީސް މުހައްމަދު މުއިއްޒު ހަމަޖައްސައިދެއްވީ އެ ވަގުތަށް އެކަނި ކަމަށް ފުލުހުން ބުނެފި އެވެ.
ރައީސް ހުވަދޫ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ކަނޑުހުޅުދުއަށް ވަޑައިގަތުމުން އެ މަނިކުފާނާ ސަލާމް ކުރެއްވުމަށް ނުކުމެ ހުރި ކުއްޖަކު ވަނީ ރައީސްގެ އަތްޕުޅަށް ނޯޓެއް ދީފަ އެވެ. އެ ނޯޓުގައި ކުއްޖާ ބުނެފައި އޮތީ ބައްޕަ މަތިން ހަނދާންވާ ކަމަށެވެ. ކުއްޖާގެ ބައްޕައަކީ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ އޮފިސަރެކެވެ. އެހެންވެ ކުއްޖާގެ އެދުމަށް ރައީސް، އެ ދެބަފައިން ބައްލުކުރެވޭނެ ގޮތް ހަމަޖައްސައި ދެއްވި އެވެ.
ނަމަވެސް ދަތުރުގައި ރައީސްގެ އަރިހުގައި ހަރަކާތްތެރިވާ ރައީސް އޮފީހުގެ އޮފިޝަލުންނާ ހަވާލާދީ އެ ދަތުރުގައި ބައިވެރިވާ ބައެއް ނޫސްވެރިން ރިޕޯޓް ކޮށްފައިވާ ގޮތުން ރައީސް އެންގެވީ އޮފިސަރު ދާއިމީކޮށް ރަށަށް ބަދަލުކުރުމަށެވެ.
އެކަންވީ ގޮތް ތަފުސީލު ހިއްސާކޮށްދެއްވަމުން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާންގެ ރަސްމީ އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ރައީސްގެ އަތްޕުޅަށް ނޯޓެއް ދިން ކުއްޖާއަށް އެއް އަހަރުން ފެށިގެން ބައްޕަ އުޅެނީ ރަށުން ބޭރުގައި ކަމަށެވެ. އެހެންވެ ރައީސް އެ ރަށުން ފުރާވަޑައިގަތުމުގެ ކުރިން ވާން އޮތް ކަމެއްނަމަ ބައްޕަ އާއި ކުއްޖާއާ އެކު ބައްދަލުވާނެ ފުރުސަތު އޮތްތޯ ރައީސް ބެއްލެވި ކަމަށް ވިދާޅުވެފައިވެ އެވެ.
”އެގޮތުން ކުއްޖާގެ ބައްޕަ ހުރީ ކައިރި ރަށެއްގެ ޕޮލިސް ސްޓޭޝަނެއްގައި ކަމުން އެ ވަގުތަށް އެކަން މި މުއައްސަސާ އިން ވަނީ ހަމަޖައްސައިދީފައި.“ ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެކަމުގައި ފުލުހުންގެ މުވައްޒަފުންނާ މެދު އަމަލުކުރަމުންދާ އުސޫލުތަކާ ތަފާތު ގޮތަކަށް އަމަލުކޮށްފައިނުވާނެ ކަމަށެވެ.


 
					

1 Comment
ގުޅުންހުރި
”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފެށުމަށް ބާއްވާ ދުވުން ފަށައިފި
އިބޫ، ރައީސް މުއިއްޒަށް: ކިތަންމެ ވަރަކަށް އެއާޕޯޓުތައް ހަދާނެ ކަމަށް ވިދާޅުވިޔަސް،
ރިވެތި އަހުލާގުގެ ވެރިޔަކަށް ވާށެވެ! އެއީ ގިޔާމަތް ދުވަހުގައި އެ މީހާގެ
ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ، މާފުއްޓަށް ފައިބަން ބޭނުމެއް ނޫން:
ކަނޑުމަތީގައި އޮޑިދޯނިފަހަރަށް ލިބޭގެއްލުންތަކަށް ހައްލު: އެލައިޑްގެ މެރިންހަލް އިންޝުއަރެންސް
ފޮށިގަނޑަކާއި ޑަބިޔަލަކުން މަސްތުވާތަކެތި ހޯދައި، މީހަކު ހައްޔަރުކޮށްފި