އެކި މައްސަލަތަކާ ގުޅިގެން އެމްޑީޕީގެ މެންބަރުންނަށް އަޅައިފައިވާ ފިޔަވަޅުތައް އުވާލަން އެ ޕާޓީން ނިންމައިފި އެވެ.
އެމްޑީޕީން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ އެމްޑީޕީގެ އެކި މެމްބަރުންނަށް ސުލޫކީ މައްސަލަތަކާ ގުޅިގެން އަޅާފައި ހުރި ފިޔަވަޅުތައް އުވާލަން ނިންމައިފައިފަ އެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެފަދަ ހުށަހެޅުމެއް ހުށަހެޅި އެއް ސަބަބަކީ އެމްޑީޕީ އިދިކޮޅު ޕާޓީއެއް ގޮތުގައި އޮވެ ކުރާ މަސައްކަތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކުރުވުން ކަމަށެވެ.
އެމްޑީޕީން މި ނިންމުގެ ސަބަބުން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސާ) އާއި ކުރިން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވި އަލީ އާޒިމް އާ މެދު އަޅާފައިވާ ފިޔަވަޅުތައް ވެސް އުވިގެންދާނެ އެވެ.
ރީކޯ މޫސާ އެމްޑީޕީން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިނާ ހިލާފުވި މައްސަލައެއްގަ އެވެ. ނަމަވެސް 2023 ވަނަ އަހަރު އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ.އެހެން ނަމަވެސް އެމްޑީޕީގެ މާލެ ސިޓީގެ ރައީސްގެ މަގާމަށް ކުރިމަތިލާން މޫސަ ހުށަހެޅުމުން އެ ޕާޓީން ވަނީ އެ ފުރުސަތު ނުދެވޭނެ ކަމަށް އަންގައިފަ އެވެ. ސަބަބަކީ އެމްޑީޕީއާ ގުޅިވަޑައިގަތް ނަމަވެސް، ފަސް އަހަރު ދުވަހުގެ މުއްދަތަށް އެ ޕާޓީގެ މަގާމުތަކަށް ވާދަކުރުން މަނާ ކޮށްފައި އޮތުމުންނެވެ.
ޕާޓީގެ ވިޕާ ހިލާފުވި މައްސަލާގައި އާޒިމް ވެސް އެމްޑީޕީން ވަކިކޮށްފައިވާއިރު، ގައުމީ މަޖިލީހުން އެ ނިންމުން ނިންމި ފަހުން އޭނާ ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމައިފަ އެވެ.

ގުޅުންހުރި
އެމްޑީޕީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި، ދައުވާކޮށްގެން ފަހަތައް ނުޖެއްސޭނެ: ސޯލިހު
މަންދީގެ އިތުރުން އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށްވެސް ފަސްޓް ލޭޑީގެ ފަރާތުން
ބާރު ލިބޭ ދުވަހަކުން އެމްޑީޕީން އިޒްރޭލް ޕާސްޕޯޓު މަނާކުރުން އުވާލާނެ: ފަލާހު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ޝަމްހީދު ޝައުގުވެރިވެއްޖެ
ކުއްޖާގެ ކަރާމަތް ނަގާލީ ސާޖިދާ ކަމަށް ބުނެ އެމްޑީޕީން ފުލުހަށް މައްސަލަ
މެޑަމް ސާޖިދާ ގޮވާލެއްވީ މިވަގުތު ކަންކަން ހަލަބޮލި ނުކޮށް، އިންސާފަށް ޖާގަ