ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި 334 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) ގެ ލޯނު ނަގައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި ނުވަ ލޯނެއް ނެގި އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ލޯނެއް ނެގީ ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓުންނެވެ. އެ އިދާރާ މެދުވެރިކޮށް ނަގާފައިވަނީ 100 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ)ގެ ލޯނެކެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ނެގި ލޯނެކެވެ.
ދެވަނައަށް އެންމެ ބޮޑު ލޯނެއް ނެގީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ އިންނެވެ. ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއުގެ ރީފައިނޭންސިން އާއި އަޕްގްރޭޑް ކުރުމަށް އެ ބޭންކުން ނެގީ 75 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)ގެ ލޯނެކެވެ.
ސަރުކާރުން 2024 އަހަރުގެ ތެރޭގައި ނެގި އެހެން ލޯނުތަކުގެ ތަފުސީލު:
- ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓް: 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)
- އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް: 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ)
- އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް: 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ)
- ކުވައިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވަލޮޕްމެންޓް: 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ)
- އޭޝިއަން އިންފްރާސްޓްރަކްޗާ ޑިވެލޮޕްމެންޓް ބޭންކު: 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ)
- އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީ): 4 މިލިއަން ޑޮލަރު (62 މިލިއަން ރުފިޔާ)
- އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓް: 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ)
މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން 5.2 ބިލިއަން ރުފިޔާގެ ލޯނު ނެގި އިރު، މި އަހަރާއި އަންނަ އަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް ދަރަނި އަދާކުރަން އެންމެ ބޮޑު އަދަދެއް ހޭދަކުރަންޖެހޭ ދެ އަހަރެވެ. އެގޮތުން މި އަހަރު 9.4 ބިލިއަން ރުފިޔާ އަދި އަންނަ އަހަރު 15 ބިލިއަން ރުފިޔާ ދައްކަންޖެހެ އެވެ.

2 Comments
ގުޅުންހުރި
ލޯނު ދެއްކުމަށް ކަނޑައެޅި ބަޖެޓު ހުސްވެ، އިތުރަށް ހަރަދުކޮށްފި
ރާއްޖެއަށް މިއަހަރު ލިބިފައިވަނީ 200 މިލިއަން ރުފިޔާގެ ހިލޭ އެހީ
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހަމްދޫން ހަމީދު އައްޔަނުކޮށްފި
މިއަހަރުގެ މިހާތަނަށް ތިން ލޯނަކަށް 1.3 ބިލިއަން ރުފިޔާ ނަގައިފި
އަހަރުގައި ބާކީ 5 މަސް، ސަބްސިޑީއަށް ކަނޑައެޅި ބަޖެޓްގެ 99 ޕަސެންޓް
މެލޭޝިއާ އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ