ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ވި އެއްބަސްވުމުގެ ދަށުން އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ 90 މީހަކު މިނިވަންކޮށްފި އެވެ.
ފަލަސްތީނު މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދު ވި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެ އެވެ. އެ އެއްބަސްވުމުގެ ދަށުން ހަމާސް އިން އިއްޔެ ވަނީ އިޒްރޭލުގެ ތިން ރަހީނަކު މިނިވަންކޮށްފަ އެވެ.
އިޒްރޭލުގެ ޖަލުތަކުން މިނިވަންކުރި ފަލަސްތީންގެ މީހުންގެ ތެރޭގައި ހިމެނެނީ 69 އަންހެނުންނާއި 21 އަހަރުގެ ފިރިހެނުންނެވެ. އަދި 12 އަހަރުގެ ކުދިންވެސް ހިމެނެ އެވެ.
އެ މީހުން މިނިވަން ކުރުމުން ގެންގޮސްފައިވަނީ ރެޑް ކްރޮސްގެ ބަސްތަކުގައި އިޒްރޭލުން ވެރިވެގަނެގެން އުޅޭ ހުޅަނގު އައްސޭރީގެ ރާމަﷲ އަށެވެ. އުފާ ފާޅުކުރުން އިޒްރޭލުން މަނާކޮށްފައި އޮތް ނަމަވެސް މިނިވަން ކުރި ފަލަސްތީންގެ މީހުންނަށް މަރުހަބާ ކިއުމަށް އެތައް ހާސް ބަޔަކު އެއްވި އެވެ.
އޮކްޓޫބަރު 7، 2023 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާގައި ރަހީނުކުރި 251 މީހުންގެ ތެރެއިން 94 މީހުން އަދިވެސް ޣައްޒާގައި ތިބި އިރު, އޭގެ ތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެ އެވެ.
ޣައްޒާ އެއްބަސްވުން ތަންފީޒު ކުރަން ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ މުއްދަތަކީ 42 ދުވަހެވެ.
އެ މުއްދަތުގައި ރަހީނުންނާއި ގައިދީން ބަދަލުކުރުމުގެ އިތުރުން އިންސާނީ އެހީގެ ލޮރީތަކަށް ޣައްޒާއަށް ވަނުމުގެ ފުރުސަތު ދޭނެ އެވެ. އަދި ޣައްޒާގައި ތިބި އިޒްރޭލުގެ ސިފައިން އެ ބިމުން ފައިބަން ވަނީ އެއްބަސްވެފަ އެވެ.

ގުޅުންހުރި
އިޒްރޭލަށް ކުޅިވަރު މުބާރާތްތަކުގައި ބައިވެރި ނުވެވޭ ގޮތް ހަދަންޖެހޭ: ސްޕެއިން
ގަތަރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކުޅުދުއްފުށީގައި ޔަމަހާ ސާވިސް ސެންޓަރެއް ހަދަން އެމްޕީއެލް އާއި އެލިއާ އެއްބަސްވުމަކަށް
އެޑިޓަރުންގެ ޖަމިއްޔާ ވަނީ ޕެރެލައިޒް ވެފައި، އެ ޖަމިއްޔާ އިން ހިރިގާ
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 11 ބިދޭސީއަކު އަތުލައިގެންފި
ސިވިލް ސާވަންޓުންނަށް މޫނު ބުރުގާ އަޅައިގެން މަސައްކަތަށް ކުރެވޭ ގޮތް ހަދައިފި