މާލޭގެ ގެއެއްގައި ކުޑަކުއްޖަކަށް އެ ގޭގެ މެއިޑު އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލަ ހުށަހެޅީ އިއްޔެ ކަމަށެވެ. އަދި އެ ކުއްޖާއަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވެނީ ނޭޕާލްގެ މެއިޑެއް ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އަދި އެ މެއިޑް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.



