ފެބްރުއަރީ 24, 2025

ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖާ ރޭޕް ކުރި ކާފަ ކުއްލި ގޮތަކަށް ޖަލުގައި މަރުވެއްޖެ

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލަ ސާބިތުވެ ޖަލަށް ލާފައި ހުރި އެ ކުއްޖާގެ ކާފަ، އެ ރަށު/ ރިހިވެލި، އިބްރާހިމް ދީދީ (67 އަހަރު) ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، އިބްރާހިމް ދީދީ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާއި ގުޅިގެން މެޑިކަލް ޓީމުން ބަލައި، އަވަސް ފަރުވާ ދިނުމުންވެސް ހަރަކާތް ނުކުރާތީ، އޭނާ އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށެވެ.

ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، އޭނާ މަރުވެފައިވާ ކަމަށް ރޭ ދަންވަރު 2:40 ގައި ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

އިބްރާހިމް ދީދީއަކީ ހައި ބަލްޑް ޕްރެޝަރު، ކޮލެސްޓްރޯލް އަދި ޓްރެމާސް ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެކެވެ.

ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި ހާދިސާއަކީ 2020 ވަނަ އަހަރުގެ ކުރީކޮޅު ފެންމަތިވެ މުޅި ރާއްޖެ ސިއްސުވާލި މައްސަލަ އެކެވެ. އެ މައްސަލައިގައި އިބްރާހިމް ދީދީގެ އިތުރުން ކުއްޖާގެ މުނިކާފަ ހަސަން މޫސާ ދީދީ ހައްޔަރުކޮށް ދައުވާ ކުރި އެވެ.

އެ ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލީ އާއިލާގެ މެމްބަރެއްގެ ގޮތުގައި ހުރެ އާއިލާގެ ކުއްޖާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ. އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި އެ ދެ މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ 2022 ވަނަ އަހަރު އެވެ. ރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރު ދުވަހެވެ.

11 Comments

  • Fathmath Laiza ފެބްރުއަރީ 14, 2025

    Las ves vaijey 🤬🤬🤬🤬

  • Fathmath Laiza ފެބްރުއަރީ 14, 2025

    Hama maran veyfa huri meehun thee 🤬🤬🤬🤬🤬 ufaa vey hama maru veema . Thuthuthu kujaa kaa behey iru ihusaas nuvey dho kaley .

    • Aishath Manike ފެބްރުއަރީ 14, 2025

      Fathmath Laiza މަރަންވެފައިހުރިމީހެއްކަމަށް އަހަރެމެން ބުނަނީ އަހަރެމެއްނަށް ތަންދޮރުނޭގޭތީވެ.
      އެ އިންސާނާ މަރުވެގެން ދިޔައީ ދިރިތިބީއްނަށް އޭނާގެ ހެއުކަމުގެ ޢަލާމާތްތައް ފެއްނަގޮތަށެވެ. އޭނާމަރުވީހުކުރުވިލޭރޭގަ ދަމު ނަމާދަށް ތެދުވެ އުޅެނިކޮށެވެ، އިންސާނާގެ ޢަމަލުތައް ދެނެވޮޑިގެންވާނީ މާތްﷲއެވެ.

      • Fathmath Laiza ފެބްރުއަރީ 14, 2025

        Aishath Manike dhuavhey ga vaahaka dhakaaka nujeyhey. Ena a kuree vara reethi kamei tha . Kuda kuda boadu nuvaa kaafa dhari gaya araa ekujaa haalaaku kolaafa . Hama maran jehey meehai aee kithamei varey viyas las vas vaije hama maru vaan 🤬🤬🤬🤬🤬🤬

  • Soodha Nazim ފެބްރުއަރީ 14, 2025

    insaanun hadhaafa hunna gaanoonun allah ge alhaka liben nujehey ehtha aniyaa ah libey. allah haai vakeel. furaanaya heyo rahmai lavvaa suvaruge niumai minvaru kurravaashi. Aameen

    • Ummu Noah ފެބްރުއަރީ 14, 2025

      Soodha Nazim Aameen

    • Mikk Mikk ފެބްރުއަރީ 14, 2025

      Hudhu kaafoorah veebaa mihaaru

  • Aminath Zakariyya ފެބްރުއަރީ 14, 2025

    Thi huriha kameh hingan kereniy
    Islamee shariyah nuhingaathiy thikamuge zimma in verin salamatheh nuvane,Allah ah biruvethi vey, Islamiy Sharu’qaaimu kurey.

    • Fathmath Laiza ފެބްރުއަރީ 14, 2025

      Aminath Zakariyya Aslu ves thibunee

  • Ahmed Midshan ފެބްރުއަރީ 14, 2025

    Haadha lahey maruvileh 🙄

  • Moonjau MoonZazee ފެބްރުއަރީ 14, 2025

    Alhamdhulillaahi

Leave a Reply