އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަނުން ބާއްވާ ”އެންމެންގެ ޑްރެގް ޗެމްޕިއަންޝިޕް“ ގެ ޕްރެކްޓިސްއަށް ދިޔަ ޒުވާނަކު އެކްސިޑެންޓުވެ، ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި އައްޑޫ ހުޅުމީދޫގައި އިއްޔެ ނުރައްކާތެރި އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ މަރަދޫފޭދޫ، އުމުރުން 18 އަހަރުގެ މުހައްމަދު އިލްމު އަށެވެ.
އޭނާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އެކަމަކު، ހާލު ސީރިއަސް ވުމުން އިތުރު ފަރުވާ ދިނުމަށް އިއްޔެ ވަނީ މާލެ ގެނެސްފަ އެވެ.
އެނގިފައިވާ ގޮތުގައި އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގަ އެވެ.
އިއްޔެ ހެނދުނު 11:30 ހާއިރު އެ އެކްސިޑެންޓުވީ ސައިކަލު ރޭސިން ޕްރެކްޓިސްގައި އުޅެނިކޮށް ސައިކަލު ކޮންޓްރޯލް ނުވެ، ހަދަން ފަށާފައި ހުރި ގެއެއްގެ ތަނބެއްގައި ޖެހިގެންނެވެ.

1 Comment
ގުޅުންހުރި
ސައިކަލަކާއި ޕޮލިސް ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް! ކުޑަކުއްޖާ ކާރު ދަށުނުވީ
އައްޑޫ ލިންކް ރޯޑާއި މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމުކުރަން 830
ހިތަދޫ އާރިކިޅި ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ހަ އަހަރުގެ ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ
އައްޑޫ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ
އެމަޖެންސީގައި ދިޔަ އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި