ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ކިލޯއަކަށްވުރެ ގިނަ ޑުރަގް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމުން މިއަދު ބުނީ އެ ތަކެތި ފެނިފައިވަނީ އިއްޔެ ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކޮށްއިވާ ޕެކޭޖެއްގެ ތެރެއިން ކަމަށެވެ. އަދި ޕެކޭޖުން ފެނުނު ތަކެތި ޓެސްޓުކުރި އިރު، ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ބުންޏެވެ.
ކަސްޓަމްސް އިން ބުނީ، އެ ތަކެތީގެ މަގުމަތީ އަގު 856,000 ރުފިޔާއަށް އަރާނެ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އަތުލައިގެން ޑުރަގް ޕެކޭޖާއި އެ ތަކެތި ބަލާ ކަސްޓަމްސްއަށް ދިޔަ 52 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.









