ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 400 ވޭޕް ސްޓިކް އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ބުނީ، އެ ތަކެތި އަތުލައިގަތީ ޖެނެރަލް ކާގޯގެ ގޮތުގައި ކަސްޓަމްސްއަށް ޑިކްލެއާ ކޮށްފައިވާ ޝިޕްމަންޓުގައި ހިމެނޭ މުދަލަތުގެ ތެރޭގައި ވޭޕް ސްޓިކް ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވިގެން އިތުރަށް ބެލި ބެލުމުންނެވެ.
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 400 ވޭޕް ސްޓިކް އަތުލައިގެން އިރު، ފުލުހުން ރޭ ވަނީ ވޭޕް ވިއްކައި ވިޔަފާރިކުރާ ދެ ތަނެއް ރެއިޑްކޮށްފަ އެވެ.
ފުރަތަމަ ރެއިޑުގައި ވޭޕް ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހާ ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ ބަލައިފާސްކޮށް، 84 ވޭޕް ކާޓްރިޖާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.
ދެވަނަ ރެއިޑުގައި ފުލުހުން ވަދެފައިވަނީ ގަލޮޅުގައި ހުންނަ ފިހާރައަކަށެވެ. އެތަނުން ގިނަ އަދަދެއްގެ ވޭޕް ފުލުހުން ހޯދި ނަމަވެސް މީހަކު ހައްޔަރު ކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.

ގުޅުންހުރި
ކޮތަރަށް ޖެހުނު ބަލި ދެނެގަނެވިއްޖެ، އިންސާނުންނަށް ނުރައްކަލެއް ނެތް: މިނިސްޓްރީ
ލޯންޗު ފެރީތަަކަށް ހެންވޭރާއި ހުޅުމާލެ ފެރީ ޓާމިނަލް ބަނދަރު ހުޅުވާލަނީ
ފިޔަވަޅު އަޅަން އެދުމުން އަލީ ހުސެއިނަށް ރައްދު ދީފި؛ ފިތުނަ އުފައްދަން
އަޒްމިރަލްދާގެ ވަކީލުންގެ ބަޔާނެއް: ތުހުމަތުތަކަކީ ނުފޫޒު ފޯރުވަން އުފައްދާފައިވާ ހާލަތެއް
ގޭހަށް ދޭ އިންޖެކްޝަނެއްގައި ކޮލިޓީ މައްސަލަތަކެއް! ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ނިންމީ ރައީސް މުއިއްޒު އަންގަވައިގެނެއް ނޫން: