ދިވެހި ކުންފުންޏެއް ކަމަށްވާ ރޭޑިއަސް ޕްރައިވެޓް ލިމިޓެޑުން ރާއްޖޭގައި އުފެއްދި ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ދީ، އެ ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ ބާތިލުކޮށްފިއެވެ.
ފުލުހުން ވަނީ ހ. ހުޅުގަލީގައި ހިންގާ އަމިއްލަ އޮފީހެއްގެ ތެރޭގައި ސިނގިރޭޓު އުފައްދާކަމުގެ ތުހުމަތުގައި އެ އޮފީސް މިދިޔަ ޖެނުއަރީ 30 ގައި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފަ އެވެ. ފުލުހުން ވަނީ އެ އެޕާޓްމަންޓުން 49،000 ސިނގިރޭޓް ފޮށި ހޯދައިފަ އެވެ.
ފުލުހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބުނެފައިވަނީ ރާއްޖޭގައި ސިނގިރޭޓް އުފެއްދި މައްސަލައާ ގުޅިގެން ރޭޑިއަސް ކުންފުނީގެ ވިޔަފާރި ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލުކޮށްފައިވާ ކަމަށެވެ. އަދި އަތުލައިގަތް ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ދީފައިވާ ކަމަށް ބުންޏެވެ.
ރާއްޖޭގައި ދުންފަތް އުފެއްދުމަކީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން މަނާ ކަމެކެވެ. ނަމަވެސް، އޭގެ ބައެއް ބާވަތްތައް އެތެރެކުރަން ހުރަހެއް ނާޅަ އެވެ.
ދުންފަތާ ބެހޭ ގާނޫނުގައިވާ ގޮތުން ”ދުންފަތުގެ ބާވަތްތައް“ ކަމަށް ބަޔާންކޮށްފައިވަނީ ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން އާއި އެ ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ.
ގާނޫނުގައިވާ ގޮތުން އެއިން އެއްވެސް ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗެއް ހަފައިގެން ނުވަތަ ބޮއެގެން، ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް އަދި ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރު ކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށެވެ.




ގުޅުންހުރި
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
ވިލިނގިލި ޑުރަގް ނެޓްވޯކު: އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ، 4 ލައްކަ
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު
ކިނޮޅަސް ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި