ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލަށް ޒިޔާރަތް ކުރައްވައި، ޓާމިނަލް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތައް މިއަދު ބައްލަވާލައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ވީއައިއޭއަށް ރައީސް ވަޑައިގަތުމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ޓާމިނަލްގެ މަސައްކަތްކުރާ ސައުދީ ބިންލާދިން ގުރޫޕުގެ އިސްވެރިން އާ ޓާމިނަލުގައި ދަތުރުވެރިންނަށް ހިދުމަތް ދިނުމަށް ގާއިމުކުރާ އެކިއެކި ގިމަތަތަކާއި އެތަނުގެ ވަސީލަތްތަކާއި ހިދުމަތްތަކާބެހޭ އިތުރު މައުލޫމާތު އެ މަނިކުފާނަށް ދެއްވި ކަމަށެވެ.
އަހަރަކު ހަތް މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދިނުމަށް ޑިޒައިންކޮށްފައިވާ އާ ޓާމިނަލް ނިންމައި ހުޅުވަން މި ސަރުކާރުން ފުރަތަމަ މަސައްކަތްކުރީ މިދިޔަ ޖުލައި މަހަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރަމުންދަނީ މި އަހަރުގެ އޮކްޓޯބަރު މަހަށް ޓާމިނަލް ހުޅުވުމަށެވެ.
ޖުމުލަ 72،000 އަކަފޫޓު ބޮޑުމިނުގެ އާ ޓާމިނަލްގައި 47 ޗެކް އިން ކައުންޓަރު، ހަ ސެލްފް ސާވިސް ކިއޮސްކް، ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއް އަދި އެޑްވާންސްޑް ސެކިއުރިޓީ ސްކްރީނިން ނިޒާމެއް ގާއިމުކުރާނެ އެވެ.




ގުޅުންހުރި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު