ތެލާއި ކާޑު ގެނައުމަށްވުރެ އިސްކަންދެނީ ދަރިވަރުންނަށް ފައިސާ ދޭން: ރައީސް 

ސަރުކާރުގެ ސްކޮލާޝިޕް ސްކީމުތަކުގައި ރާއްޖޭން ބޭރުގައި ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންގެ ޓިއުޝަން ފީ އާއި ސްޓައިޕެންޑު ފައިސާ ދޫނުކޮށް ހުރި ނަމަ އެ ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށާއި ތެލާއި ކާޑަށް ފައިސާ ދެއްކުމަށްވުރެ އިސްކަން ދެނީ ދަރިވަރުންނަށް ފައިސާ ދިނުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނާ ގާތުން މައުލޫމާތު ދިނުމަށް ކުރިއަށްގެންދަވާ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިއަދު މިއަދު ވިދާޅުވީ ލޯން ނަގައިގެން ކިޔަވާ ދަރިވަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޢާންމު ބޭންކު ރޭޓުގައި ޑޮލަރު ނުލިބުން ކަމަށެވެ. އޭގެ ސަބަބުން އެ ކުދިންގެ ލޯނު ފައިސާއިން ބޮޑު އަދަދެއް ގެއްލޭކަން ރައީސް ފާހަގަކުރެއްވި އެވެ. އެ ދަރިވަރުންގެ އަނެއް ޝަކުވާއަކީ މެއިލްތަކަށް ޖަވާބު ނުލިބުމާއި ޖަވާބު ލިބުން ލަސްވުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަންތައް ހައްލުކުރަން ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

”އެއް ކަމެއްގެ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސްކޮލާޝިޕް ދީގެން ބޭރުގައި ދަރިވަރުން ތިބޭ ގައުމުތަކަށް ހާއްސަކޮށްގެން ކޮންމެ ގައުމަކަށް ވަޓްސްއެޕް ބިޒްނަސް ނަންބަރެއް ނަގާނެ. ދެން އެ ނަންބަރު މެނޭޖުކުރަން ވަކި ހާއްސަ ސްޓާފެއް ހަމަޖައްސާނެ،“ ރައީސް ވިދާޅުވިއެވެ.

”ދެން ހަޔާ އެޑިއުކޭޝަނާއި ފިނޭންސްއާ ދޭތެރޭ ކޮމިޔުނިކޭޝަން ރަނގަޅުކުރުމަށް ފިނޭންސްގައި މިހާރު އަޅުގަނޑު ޔަގީން ވެސް ކޮށްފިން. ތެލާއި ކާޑަށް ފައިސާ ދެއްކުމަށް ވުރެ އިސްކަން ދޭނެ ފިނޭންސް މިނިސްޓްރީއަށް އައިސްފައިވާ ރިކުއެސްޓެއް ލޯނު ނޫނީ ސްކޮލާޝިޕްތަކުގައި ކިޔަވާ ކުއްޖެއްގެ ޕޭމެންޓެއް އޮތިއްޔާ،“