ދިވެހި ފުލުހުންގެ ހިދުމަތުގެ 92 އަހަރީ ދުވަހާ ގުޅިގެން މޭވާ ގަސް އިންދުމުގެ ހަރަކާތެއް މިއަދު ފަށައިފި އެވެ.
އެ ހަރަކާތް ފެށުމުގެ ގޮތުން އދ. މާމިގިލީގައި ވަނީ 10 އަނބުގަސް އިންދައިފަ އެވެ. ހަރަކާތް ފައްޓަވައިދެއްވުމުގެ ގޮތުން އެންމެ ފުރަތަމަ ގަސް އިންދެވީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.
ފުލުހުން ބުނީ، އެ ހަރަކާތުގެ ދަށުން ރާއްޖޭގައި ފުލުހުން ގާއިމުވެ ތިބި ހުރިހާ ރަށެއްގައި އެ ހިދުމަތުގެ މުވައްޒަފުން މޭވާ ގަސް އިންދާނެ ކަމަށެވެ.
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ކެމްޕެއިނެއް ވެސް މިދިޔަ މަހުން ފެށިގެން ދަނީ ކުރިއަށެވެ.
ފުލުހުންގެ ހިދުމަތުގެ އަހަރީ ދުވަހަކީ މާރިޗު މަހުގެ 29 ވަނަ ދުވަހެވެ.




ގުޅުންހުރި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!