ހެންވެއިރުގައި ހުންނަ އެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ޒުވާނާ ވެއްޓުމުގައި މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
އުމުރުން 21 އަހަރުގެ އެ ޒުވާނާ ފުރާޅުގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނެވެ. އެ ޒުވާނާގެ ހާލު ސީރިއަސް ވެގެން ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.
ނަމަވެސް އެ ހާދިސާއާ ގުޅިގެން ސަރުކާރުގެ ބައެއް ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް ތުހުމަތުތަކެއް ކުރަން ފެށުމުން ފުލުހުން މިރޭ ވަނީ އިސްކަންދަރު ކޮށީގައި ޕްރެސް ކޮންފަރެންސެއް ބާއްވައިފަ އެވެ. އާންމުކޮށް ހުޅުވާ ނުލައި ބޭއްވި އެ ޕްރެސްގައި އެ ހާދިސާއާ ގުޅޭ ބައެއް ސީސީޓީވީ ފުޓޭޖުތައް ނޫސްވެރިންނަށް ދެއްކި އެވެ.
ޕްރެސްގައި ފުލުހުން ބުނީ، އޭނާ ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫންކަން ސީސީޓީވީ ފުޓޭޖްތަކުން ދެނެގަނެވި، މިހާރު ޔަގީންވެފައިވާ ކަމަށެވެ. ޒުވާން އަންހެން މީހާ އާއި އޭނާ އާއެކު ހުރި ފިރިހެން މީހާ ވެސް ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ފިރިހެން މީހާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ބުންޏެވެ.
ޕްރެސްގައި އަންހެން މީހާގެ ނަން ފުލުހުން ހާމަކުރި ނަމަވެސް އޭނާ އާއެކު އުޅުނު ފިރިހެން މީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރި އެވެ.
’ހަފްތާ’އަށް އެނގިފައިވާ ގޮތުގައި އެ ފިރިހެން މީހާއަކީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދުގެ ކޮއްކޮ، ރަައުދު އަހުމަދު ޒިލާލެވެ.




4 Comments
ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް