ކަމިޝަނަރު އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ހަމަޖައްސައިފި އެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުރި އަލީ ޝުޖާއު މިއަދު އިސްތިއުފާ ދެއްވުމުން ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފުރަތަމަ ހަވާލުކުރީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާ އެވެ.
ނަމަވެސް ހޯމް މިނިސްޓަރު އިހުސާން އަލީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުލުހުންގެ މުއައްސަސާއިން މި ވަގުތު އެންމެ އިސްކަންދީގެން ކުރިއަށް ގެންދާ މަސައްކަތަކީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު، 21އ، ވެއްޓުނު މައްްސަލައިގެ ތަހުގީގު ކަމަށެވެ.
އަދި އެ ތަހުގީގުކަންކަމާއި އެންމެ އިސްކޮށް ހަވާލުވެ ހުންނެވީ ނަވީން ކަމަށްވާތީ ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު އައްޔަން ކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވަން ނަވީން ކަނޑައެޅުއްވީ ކަމަށް ވިދާޅުވި އެވެ.
ނަވީން ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ ޖުލައި 7، 1994 ގަ އެވެ. ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި 30 އަހަރުގެ ތެރޭގައި ދިވެހި ފުލުސް އޮފީހުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާފައިވެ އެވެ.
އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ސެކްޝަންތަކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެ އެވެ.
އޭނާއަށް ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރުގައި ފެބްރުއަރީ 16، 2023 ގައެވެ. އެ މަގާމަށް އައްޔަން ކުރެއްވުމާއި ހަމަައަށް ނަވީން ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ސާވިސަސް ޑައިރެކްޓްރޭޓްގެ މަގާމުގަ އެވެ.

ގުޅުންހުރި
އަޅުގަނޑަކީ އެއްވެސް އިރަކު އަނިޔާވެރިކަމާއި ތަފާތުކުރުން އިސްކުރި މީހެއް ނޫން: ރައީސް
އެއްވެސް ކަމެއް ފޮރުވާކަށް ނޫޅެން، އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކު މުހިންމެއް
މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި
އީރާނުގެ ބަނދަރުގައި ބާރުގަދަ ގޮވުމެއް، 18 މީހުން މަރުވެ 800 މީހުން
ކަޝްމީރުގައި ބަޑިން ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ގެތައް
ޑޮކްޓަރު ބުނީ އާތުރައިޓިސް ކަމަށް، އެކަމަކު ޖެހިފައި ހުރީ ކެންސަރު، އެކަން