މެއި 9, 2025

އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރައްވައިފި

އުއްތަމަ ފަނޑިޔާރު މުއުތަސިމް މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވައިފި އެވެ.

އެނގިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ނިންމެވިކަން ސިޓީއެއްގެ ޒަރީއާއިން މިހާރު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަްން (ޖޭއެސްސީ) ށް އަންފައިފަ އެވެ.

ނަމަވެސް ސުޕްރީމް ކޯޓުންނާއި ޖޭއެސްސީން އެކަން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ.

އުއްތަމަ ފަނޑިޔާާރު ރިޓަޔާ ކުރައްވަން ނިންމެވިއިރު މިދިޔަ ފެބްރުއަރީ މަހު އެ މަނިކުފާނު ވިދާޅުވެފައިވަނީ ދެން އެ މަގާމުގައި އެހާގިނަ ދުވަހަކު ނުހުންނަވާނެ ކަމަށެވެ.

މުއުތަސިމް ރިޓަޔާ ކުރައްވަން މި ނިންމެވީ، ދާދި އަވަހަށް ރިޓަޔާ ކުރައްވާނެކަމުގެ އިޝާރާތެއް މިދިޔަ ފެބްރުއަރީ މަހު ވަނީ ދެއްވާފައި އޮއްވަ އެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ނިންމިއިރު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރެވެ.

މަހާޒް އާއި އަޒްމިރާލްދާގެ މައްޗަށް ކުއްލި ތަހުގީގެއް ޖޭއެސްސީ އިން ހިންގީ، ސިޔާީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅުމުން އެ މައްސަލަ ކޯޓުން ބަލަން ފެށުމުންނެވެ.

އެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރެވެ.