މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު ފަސް ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އެ މަހުގެ 24 ވަނަ ދުވަހު އެެވެ.
އޭނާ ހައްޔަރުކޮށް އެފަހަރު ބަންދަށް ފަސް ދުވަސް ޖެހި އެވެ. އެ މުއްދަތު ހަމަވާތީ އޭނާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފައިވެ އެވެ.
އެ 10 ދުވަސް ހަމަވާތީ ފުލުހުން އޭނާ މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް ފަަސް ދުވަސް ޖަހައިފަ އެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ. ރައުދުގެ ބަންދުކުރަން އެދުމުގައި ފުލުހުން މިގޮތަށް ތުހުމަތުކުރި ނަމަވެސް، ފުލުހުން ކުރިން ބުނެފައިވަނީ ޔުމްނު ވެއްޓުމުގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.




ގުޅުންހުރި
ސްޓެލްކޯގެ ސްކިލްސް އެކަޑަމީގައި އެމްއެންޔޫގެ ކޯސްތައްފަށަން ތައްޔާރުވެއްޖެ
ވެލާބިސް އަޅާހެން އެއާޕޯޓުތައް އެޅުން ރިޝްވަތަކަށް ނުވޭތޯ؟: ޔާމީން
ހެލިކޮޕްޓަރުގެ ހިދުމަތް ނުފެށި ލަސްވާ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރަނީ
ސްޓެލްކޯއަށް ޚިދްމަތް ކުރުމަށް ފަހު ރިޓަޔާކުރި ދެ މުވައްޒަފެއްގެ އަގުވަޒަންކޮށްފި
ހިތަދޫއާ ހުޅުދޫ އާއި މީދޫ ގުޅާލާ ބުރިޖުގެ ފަންނީ ލަފާދިނުން އެއް
4000 ފްލެޓަށް ކަރަންޓުގެ ޚިދްމަތް ފޯރުކޮށްދޭން ފަށައިފި