މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކޮށް، ބޭނުންކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މި މަހުގެ 17 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، މައްޗަންގޮޅި ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ ބަލައި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 7،000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި މަސްތުވާތަކެތި ކަމަަށް ތުހުމަތުކުރެވޭ ތަކެތި ފެނިފައިވެއިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1058.55 ގުރާމް ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މއ. ދަގަނޑުކެޑިގެ / މާލެ، ހަސަން ނިމާލު (44އ) އާއި ހ. ރީފްވިޔު ހުޅަނގުބައި 3 / މާލެ، ޝިފާނާ އަބްދުއްސައްތާރު (38އ) ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި
ނާޒިމްގެ އަނބިކަނބަލުން ސީއެސްސީއަށް އައްޔަންކުރަނި
އެސްޓީއޯ އާއި މަކިޓާގެ ގުޅުމަށް 25: މަކިޓާގެ ޕްރޮޑަކްޓްތަކުން 25 ޕަސެންޓް
އެމްޑީޕީގެ މަގުސަދަކީ މުއައްސަސާތަކައް އައްޔަން ކުރަން ފޮނުވާ މީހުންގެ އަބުރު ކަތިލުން:
މަގު ހެދުމުގެ މަސައްކަތަށް ބޮޑުތަކުރުފާނުގެ މަގުގެ އެއް ބަޔާއި ފަޅުގެ ބައެއް
ކުރު ވާހަކަ: ހަނދާން
އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ހެދި ރާއްޖޭގެ އެންމެ ބޮޑު ފެންތާނގީ ބޭނުންކުރަން ފަށައިފި