ތ. ކަނޑޫދޫ ސްކޫލުގެ ދަރިވަރެއްގެ އިނގިއްޔެއް ބިންދާލި މައްސަލައިގައި އެކަން ކުރި ކަމަށް ތުހުމަތުވާ ބިދޭސީ ޓީޗަރު ހައްޔަރުކޮށްފި އެވެ.
ކަނޑޫދޫ ސްކޫލުގެ ދަރުވަރެއްގެ އިނގިލީގައި އެ ސްކޫލުގެ ބިދޭސީ ޓީޗަރަކު ހިފައި އަނބުރާލައި ހުޅު ނައްޓާލައިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލައިގެ ތުހުމަތު ކުރެވޭ އިންޑިއާ ޓީޗަރު އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.



