ރާއްޖެ އިން މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތުގައި ކަމަށާއި އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް ހައްޖު ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
އަރަފާތުގައި ދިވެހި ހައްޖުވެރިން ތިބޭ ޓެންޓުތައް ކައިރީ ހުންނަވައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ އިއްޔެ އެންމެ ބޮޑަށް މަސައްކަތް ކުރަމުން އައީ މިއަދުގެ އިރު އެރުމުގެ ކުރިން ހުރިހާ ހައްޖުވެރިން އަރަފާތު ޓެންޓުތަކަށް ވެއްދުމަށް ކަމަށެވެ.
އެގޮތުން ރޭ 3:30 ހާއިރު ހުރިހާ ހައްޖުވެރިން އަރަފާތަށް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.
”ޖުމުލަ ގޮތެއްގައި ދިވެހި ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު،“ ޝަކީލް ވިދާޅުވި އެވެ.
ހައްޖުގެ އަޅުކަމުގެ އެންމެ މުހިންމު ބަޔަކީ އަރަފާތް ބިމުގައި ހުރިހާ ހައްޖުވެރިން މަޑުކޮށް ﷲ އަށް ދުއާ ދަންނަވައި އަޅުކަންތަކުގައި ޝާމިލް ވުމެވެ.

ގުޅުންހުރި
ދިވެހި ހައްޖުވެރިން އެނބުރި އަންނަން ފަށައިފި
ދިވެހި ހައްޖުވެރިން އެނބުރި އަންނަން ފަށާނީ އަންނަ ހުކުރު ދުވަހު
ހައްޖުވެރިން ހައި ސްޕީޑް ރޭލުގައި މަދީނާއަށް، ބަހުގައި 8 ގަޑިއިރުން ކުރި
ހައްޖަށް ދިއުމަށް ދެކެމުން އައި ހުވަފެން 98 އަހަރުގައި ހަގީގަތަކަށް، ލޮލުން
ރައީސްގެ ދުއާއަކީ ދިވެހިންގެ ހިތްތަކުގައި އެއްބައެއްވަންތަކަން އާލާކުރެވި، އެކުވެރިކަން ބަދަހިވުން
ސައޫދީ ރަސްގެފާނުގެ ހައްޖު ދަތުރު ލިބުނު ފަލަސްތީން ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް