ކޮންމެ އީދަކީވެސް އުފާވެރި ހަނދާންތަކެއް ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިހުތިފާލަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
އަޟްހާ އީދުގެ މުނާސަބަތުގައި ރައީސް މިއަދު ފޮނުއްވި ހިތޯބުގައި ވިދާޅުވީ އީދުގެ އުފަލާއެކު އިސްލާމީ މުޖުމަތައުތަކުން ފެންނަ އެންމެ ރިވެތި ސިފަތަކަކީ ރީތި ފޭރާމާއި ހުވަނދު ލައިގެން އެންމެން އެއްވެ، ދެރައެއް މޮޅެއް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއި އެކުވެރިކަމާއެކު ނަމާދުކޮށް، ﷲގެ ނިއުމަތްތަކަށް ޝުކުރުކޮށް، އެއް އަޑަކުން ތަކުބީރުގެ އަޑު ގުގުމައިލުން ކަމަށެވެ. އަދި އެކަކު އަނެކަކާ ހިނިތުންވުމާއެކު ސަލާންގަލާންކޮށް ހިތްހެޔޮ ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
”ކޮންމެ އީދަކީވެސް އުފާވެރި ހަނދާންތަކެއް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިހުތިފާލަކަށް ހެދުމަކީ، މިއަދު އަޅުގަނޑުގެ އެންމެ އިހުލާސްތެރި އިލްތިމާސެވެ.“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުންނަށް މި އަހަރުގެ ބޮޑު އީދަކީ އަމާންކަމާއި ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބާއެއް ލެއްވުމަށާއި އެފަދަ ކޮންމެ ނިއުމަތަކާއި ރަހުމަތަކަށް ޝުކުރުކުރުން މަތީ އަޅުގަނޑުމެން ލެމެހެއްޓުމަށް ދުއާކުރައްވާ ކަމަށެވެ.




ގުޅުންހުރި
އެއް ކޮޓަރި ފުލެޓު ދޫކޮށްލުމުން، ތިން ކޮޓަރިއަށް ކުރިމަތިލެވޭ ގޮތަށް ޝަރުތު
ކުރީ ސަރުކާރުން ފުލެޓުތައް އަތުލި މީހުންނަށް ފުލެޓުދޭން ޝަރުތަކަށް ނުބަލާނަން: ރައީސް
މީހަކު 100 އަށްވުރެ ގިނަ ކާޑުގެ ޑޮލަރު ލިމިޓު ބޭނުންކުރި މައްސަލައާއެކު
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި
އެންމެ މަގުބޫލް ފަތުރުވެރިކަމުގެ މަންޒިލްގެ އެވޯޑް ހަވަނަ ފަހަރަށް ރާއްޖެއަށް
ތިނަދުއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ގޭގެއަށް ގެއްލުން ވެއްޖެ