އެމްޑަބްލިޔުއެސްސީން ގދ. ވާދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަންކޮށްފި އެވެ.
ފިޔޯރީގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއު އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނޮވެމްބަރު 2020 ގައެވެ.
އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް)ގެ ފަންޑުގެ ދަށުން ކުރިއަށް ގެންދިޔަ އެ މަޝްރޫއު އަށް ޖުމުލަ 61 މިލިއަން ދިވެހި ރުފިޔާ ހަރަދުވި ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.
އެ މަޝްރޫއު ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ކޮންސްޓްރަކްޝަން މިނިސްޓްރީ، ފެނަކަ އަދި އެމްޑަބްލިޔުއެސްސީގެ ބޭފުޅުން އެ ރަށަށް ވަޑައިގެންނެވެ.
ވާދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެނުގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ.
އޭގެ އިތުރުން ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް އަޅާފައިވާއިރު ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ވަނީ ބަހައްޓައިފަ އެވެ.
ވާދޫގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައިނެޓްވޯކްއާއި ޕަމްޕިން ލައިން އަޅައި، ޕަންޕިން ސްޓޭޝަން ގާއިމުކޮށް އަދި ސީ އައުޓް ފޯލް ވަނީ އަޅައިފައެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިފަ އެވެ.
އެމްޑަބްލިޔުއެސްސީން ބުނާ ގޮތުން މި މަޝްރޫއުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނާއި އަދި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދޭނެ އެވެ.

ގުޅުންހުރި
ޑުރަގް ބޭނުންކޮށް އެ ވިއްކާކަމުގެ ތުހުމަތުގައި 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ނަޝީދު ރާއްޖޭގައި، ފައްޔާޒާއި ޑިމޮކްރެޓްސްގެ ކުރި އާއި މިހާރުގެ ވެރިންނާ ބައްދަލުކުރައްވައިފި
އިޒްރޭލަށް ޖާސޫސު ކޮށްދިން މީހަކަށް އީރާނުން މަރުގެ އަދަބު ދީފި
ގިނަ އަދަދެއްގެ ފުލުހުން އުޅޭ ޖެމްކިއު ސްކީމް ހިންގާ ޕްރޮމޯޓްކުރާ މީހުން
އެމްޑަބްލިޔުއެސްސީން ފިޔޯރީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި
ސިނަމާލެ ބްރިޖު އިފުތިތާހު ކުރި ދުވަހަކީ ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ކަމުގައި