ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރަން އީރާނުގެ ގާނޫނު ހަދާ މަޖިލީހުން ނިންމާފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ އިން ބުނެފި އެވެ.
އީރާނުގެ ސީނިއާ މަޖިލިސް މެންބަރެއް ކަމަށްވާ އިސްމާއިލް ކައުސަރީއާ ހަވާލާދީ ޕްރެސް ޓީވީގައި ބުނެފައިވަނީ އެމެރިކާ އިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނާއި އެ ހަމަލާތަކާ ގުޅިގެން ބޭރުގެ ގައުމުތަކުން އެއްޗެކޭ ބުނެފައި ނުވާތީ ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.
އިސްމާއިލް ކައުސަރީއަކީ އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ގައުމީ ސަލާމަތާއި ފޮރިން ޕޮލިސީ ކޮމިޓީގެވެސް މެންބަރެކެވެ.
ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރަން އީރާނުގެ ގާނޫނުހަދާ މަޖިލީހުން ފާސްކުރި ނަމަވެސް އެކަމަށް ގޮތް ނިންމާނީ އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުންނެވެ.
ދުނިޔޭގައި އުފައްދާ ތެލާއި ނެޗުރަލް ގޭސްގެ 20 އިންސައްތަ ދަތުރުކުރަނީ ހޮރުމޫޒު ކަނޑުއޮޅިންނެވެ. އެއީ ގާތްގަނޑާކަށް ދުވާލެއްގެ މައްޗަށް 17 އާއި 18 މިލިއަން ފީފާގެ ތެލެވެ. އެ ކަނޑުއޮޅިން އެމެރިކާގެ އެތައް އުޅަނދެއްވެސް ދަތުރުކުރެ އެވެ.
ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ތެލުގެ އަގު 80 ޕަސެންޓް ބޮޑުވެގެންދާނެ ކަމަށް ބައެއް ފަރާތްތަކަށް ލަފާކުރެ އެވެ.




1 Comment
ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި