މި ސަރުކާރުގެ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަދި ސަރުކާރު ހިންގާ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އުޅުނު މުހައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ މާދަމާ ކުރަން ހަމަޖައްސައިފި އެވެ.
ޕީއެންސީ އާއި ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ޝަހީދު، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރު ފެށުނުތާ ކުރީކޮޅެވެ. ނަމަވެސް އެ މަގާމުން މިމަހު ކުރީކޮޅު އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން 17 ބޭފުޅަކު އެ ދެ މަގާމަށް ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންގެ ތެރޭގައި ދަށު ކޯޓުތަކުގެ ގިނަ އަދަދެއްގެ ފަނޑިޔާރުންނާއި ކުރީގެ ފަނޑިޔާރުންވެސް ހިމެނިވަޑައިގަންނަވަ އެވެ.
ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އެ ދެ މަގާމަށް އައްޔަން ކުރުމަށެވެ.
ޖޭއެސްސީ އިން މީޑިއާތަކަށް މިއަދު ފޮނުވާފައިވާ ދައުވަތުގައި ބުނެފައިވާ ގޮތުން އެ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ ހުވާކުރުން އޮންނާނީ މާދަމާ ރޭ 8:30 ގައެވެ.
ސިޔާސީ ހަރަކާތްތަކުގައި އުޅެފައިވާ އަދި ސިޔާސީ މަގާމެއް އަދާކުރެއްވި ބޭފުޅަކު، ފަނޑިޔާރު ކަމަށް އައްޔަން ކުރާތީ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި އޭނާ ހައިކޯޓަށް އައްޔަން ކުރުން ހުއްޓުވުމުގެ އަމުރަކަށްވެސް ވަނީ އެދިފަ އެވެ.
އެ މައްސަލަ ހުށަހެޅުއްވީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް މި ފަހަރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިގެންނެވި ވަކީލް އަހުމަދު ނައުޝާދެވެ.

ގުޅުންހުރި
ދިއްގަރު ފުލެޓް މަޝްރޫއުގެ ބިންގާ އެޅިތާ ދޮޅު އަހަރު، ރައީސް ވިދާޅުވީ
ސަޓާ 2025 – ލީޑިން އެޑްވެންޗާ ޑެސްޓިނޭޝަން އެވޯޑާއެކު ރާއްޖެއަށް 17
ޔޫކޭ، ކެނެޑާ އަދި އޮސްޓްރޭލިއާ އިން ފަލަސްތީނުގެ ދައުލަތް ބަލައިގެންފި
ސަޓާ 2025: އެންމެ ގިނަ ގޯލްޑް އެވޯޑް ލަންކާ އަށް
ހުޅުމާލެއިން ރޭ ކަރަންޓް ކެނޑުނީ ސަބް ސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުން!
ފަރުވާ ދެމުންދިޔަ މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރުދީ, ބިރު ދެއްކި މީހަކު