ހުޅުމާލެ ފޭސް 2ގައި ދެ މިސްކިތެއް ބިނާކުރުމަށް މިއަދު ބިން ހަވާލުކޮށްފި އެވެ.
އެކަމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އަލީ ޒުހައިރެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މިސްކިތް ބިނާކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިސްލާމިކް މިނިސްޓްރީއަށް ދީފައިވަނީ 27،920 އަކަފޫޓު ބޮޑު، ލޮޓް ނަންބަރު 22221 އާއި 20،720 އަކަފޫޓު ބޮޑު، 22242 އެވެ.
މި ދެ ބިމުގައިވެސް ބިނާކުރަން ހަމަޖެހިފައިވަނީ 2000-3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ.



