މާލޭއިން ގެއްލިގެން ހޯދަމުންދިޔަ ޝަހުމުﷲ ސާޖިދު (33އ) މަންޒިލް / ބ. ކެންދޫ، ހުރީ ރަށެއްގައި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ، އާއިލާއަށް ޚަބަރެއްނުވެ ޝަހުމުﷲ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރު މަހުގެ 04 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އެ މައްސަލައިގެ އިތުރު މައުލޫމާތު ހާމަކުރުމުގެ ގޮތުން ފުލުހުން އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ޝަހުމުﷲ މިހާރު ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ފުލުހުން އޭނާ ގެއްލިގެން ހޯދަން އިއުލާން ކުރުމުން ވަނީ ފުލުހުންނަށް ގުޅައި އޭނާ ހުރީ ރަށެއްގައި ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައި ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އޭނާ ހުރީ ކޮން ރަށެއްގައިކަން ފުލުހުން ހާމައެއް ނުކުރެ އެވެ.


