އިދިކޮޅު އެމްޑީޕީން މާދަމާ ރޭ މާލޭގައި ބާއްވަން ނިންމާފައިވާ އެއްވުމާ ދިމާކޮށް ސިފައިންނާއި ފުލުހުންގެ އިސްވެރިން ސިފައިންގެ މައި މަރުކަޒުގައި މިއަދު ބައްދަލުކޮށްފި އެވެ.
އެ ބައްދަލުވުމަށްފަހު ބައެއް ވެރިން ސިފައިންގެ މައި މަރުކަޒުން ނުކުމެވަޑައިގަންނަވާ ފޮޓޯތަކެއް މީޑިއާތަކުގައި ވަނީ ޖަހައިފަ އެވެ.
އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން އާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ސިފައިންނާއި ފުލުހުންގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމާ ގުޅޭ އެއްވެސް ތަފުސީލެއް ސަލާމަތީ ބާރުތަކުން މީޑިއާތަކާ އަދި ހިއްސާއެއް ނުކުރެ އެވެ.
ނަމަވެސް ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ މާދަމާ ރޭ އެމްޑީޕީން ބާއްވާ އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕުތައް ނެރެ މާލެތެރެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެ ފުރުސަތު ނުދެއްވާނެ ކަމަށްވެސް ބުންޏެވެ.
ފުލުހުންގެ އެ ތުހުމަތު ދޮގުކޮށް އެމްޑީޕީން އިއްޔެ ބުނީ, އެ ޕާޓީގެ އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕްތައް ވައްދައި މާލެތެރެ ހަލަބޮލި ކުރަން ރާވާފައިވަނީ ސަރުކާރުން އެ ގުރޫޕްތަކަށް ފައިސާ ދީގެން ކަމަށެވެ. އަދި އެކަން ފުލުހުންނަށްވެސް އަންގާފައިވާނެ ކަމަށެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ