އިޒްރޭލާއި ހަމާސްއާ ދެމެދު ހަމަލާތައް ހުއްޓާލަން ވެފައިވާ އެއްބަސްވުމާ އިޒްރޭލުން ހިލާފުވެ, ފަލަސްތީންގެ އާއިލާއެއްގެ 11 މެންބަރަކު އިއްޔެ ޝަހީދުކޮށްލައިފި އެވެ.
ޣައްޒާގެ ސިވިލް ޑިފެންސްއާ ހަވާލާދީ އަލް ޖަޒީރާގައި ބުނެފައިވާ ގޮތުން އަބޫ ޝަބާން އާއިލާއަށް ނިސްބަތްވާ އެ 11 މެންބަރުން ޝަހީދުކޮށްލީ އެ މީހުން ދަތުރުކުރި ވެހިކަލަކަށް އިޒްރޭލުގެ ޔަހޫދީ ސިފައިން ދިން ޓޭންކު ހަމަލާއެއްގަ އެވެ.
އެ ހަމަލާގައި ޝަހީދުވި މެންބަރުންގެ ތެރޭގައި ހަތް ކުޑަކުދިންނާއި ތިން އަންހެނުން ހިމެނޭއިރު, އެ އާއިލާ ދަތުރުކުރީ އެ މީހުންގެ ގެ ބަލާލަންދިޔަ ދަތުރުމަތީގައި ކަމަށްވެސް ސިވިލް ޑިފެންސް އިން ބުނެ އެވެ.
”އިޒްރޭލުގެ ސިފައިންގެ އެ އަމަލުން ކަށަވަރުވަނީ ފަލަސްތީން ރައްޔިތުންގެ ލެޔަށް އެ މީހުން ފެންބޮވައިގަނެފައިވާ މިންވަރު. އަދި ކުށެއް ނެތް އާންމުންނާ ދެކޮޅަށް ކުށުގެ އަމަލުތައް ހިންގަން ބޭނުންވާކަން,“ ސިވިލް ޑިފެންސްގެ ތަރުޖަމާން މަހުމޫދް ބަސަލް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
މި ހަމަލާ ދީފައިވާއިރު, އިޒްރޭލާއި ހަމާސްއާ ދެމެދު ހަމަލާތައް ހުއްޓާލަންވި އެއްބަސްވުމަށް އަދި މިވީ އަށް ދުވަހެވެ.
މި ހަމަލާއާ ގުޅިގެން ހަމާސް އިން ވެސް ވަނީ މިއީ ގަތުލުއާންމެއް ކަމަށް ސިފަކޮށްފަ އެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެއްބަސްވުމުގެ މެދުވެރިއަކަށްވެފައިވާ ގައުމުތަކުން ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އިހުތިރާމު ކުރުމަށް އިޒްރޭލަށް ޕްރެޝަރު ކުރުމަށްވެސް އެ ޖަމާއަތުން ގޮވާލި އެވެ.

3 Comments
ގުޅުންހުރި
ދެ އަހަރަށްފަހު ޣައްޒާގެ އެންމެ ބޮޑު މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު
1.9 މިލިއަންގެ ވަގު ޓީޓީ މައްސަލަ: 38 އަހަރުގެ ޖަލު ހުކުމުން
ނަމާދަށް ރައްކާތެރިނުވާ މީހާ ގިޔާމަތް ދުވަހު ވާހުށީ ގާރޫނާއި ފިރުއައުނާއި ހާމާނާ
ކައިރި ކައިރީގައި އެއާޕޯޓް އަޅާތީ ނަޝީދު: ފެންނަނީ ޕްލޭނެއް ނެތްކަމާއި ޒިންމާދާރުކުޑަކަން
މާލެއިން މުދާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ”ނަސްރު ބޯޓު“ އަޑިއަށް ހިނގައްޖެ
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން ކުލާސްރޫމްތައް