އަންނަ އަހަރުގެ ނޮވެމްބަރު މަހު ބާއްވާ އިންތިހާބުގައި ވާދަކުރާނެ ކަމަށާއި އިންތިހާބު ކާމިޔާބު ކުރާނެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
ކަނާތު ފިޔައިން ހިންގާ ޗެނަލް 14, ޕްރޮގްރާމެއްގައި ދެވަނަ ދައުރަކަށް ކުރިމަތިލާނަންތޯ ސުވާލުކުރުމުން ނަތަންޔާހޫ އާއެކޭ ބުނި އިރު, އިންތިހާބު ކާމިޔާބުވާނެތޯ ސުވާލުކުރުމުންވެސް އޭނާ ވަނީ އާއެކޭ ބުނެފަ އެވެ.
ނަތަންޔާހޫއަކީ އިޒްރޭލުގެ މައި ކަނާތު ފިޔައިގެ ޕާޓީ, ލިކުޑްގެ ލީޑަރެވެ. އޭނާއަކީ އިޒްރޭލުގެ ބޮޑުވަޒީރުކަން އެންމެ ގިނަ ދުވަސް ވަންދެން ކުރި މީހާގެ ރެކޯޑް އޮތް މީހާ އެވެ. އެއީ 18 އަހަރެވެ.
މިދިޔަ އިންތިހާބުގައި ލިކުޑް އަށް ވަނީ ގާނޫނު ހަދާ މަޖިލިސް, ކްނެސެޓްގެ 32 ގޮނޑި ކާމިޔާބުކޮށްފަ އެވެ.









