ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ޗ 3,183,040 (ތިން މިލިއަން) ސިނގިރޭޓް ސްޓިކްސް / 199 ކޭސް ސިނގިރޭޓް ނައްތާލައިފިއެވެ.
ކަސްޓަމްސް އިން ބުނީ އެ ސިނގިރޭޓަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްގެ ބަލައިފާސްކުރުމުގެ ތެރެއިން ހޯދިފައިވާ ތަކެތި ކަމަށެވެ.
އެ ތަކެތި ނައްތާލާފައިވަނީ މިއަދު ކ. ދޫނިދޫގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އާ ގާނޫނާއެކު ރާއްޖެއަށް ސިނގިރޭޓު އެތެރެކުރުން ކޮންޓްރޯލުކޮށްފައިވާ އިރު، ގާނޫނާއި ގަވާއިދާ ހިލާފަށް ގެންނަ ސިނގިރޭޓު ކަސްޓަމްސް އިން ހިފަހައްޓައެވެ.
އެގޮތުން ކަސްޓަމްސްއިން ހިފަހައްޓައި، ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުއްޓައި ދާދި ފަހުން ވަނީ ވަގަށް ނަގައިފައެވެ. އެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކުރި އިރު، އޭގެ ތެރޭގައި ކަސްޓަމްސްގެ ސީނިއާ މުވައްޒަފަކާއި ކަސްޓަމްސްގެ ކުރީގެ ސުޕްރިންޓެންޑެންޓެއް ހިމެނެއެވެ. އޭގެ އިތުރުން ދެން ހިމެނެނީ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފާއި އެޕޯލޯގެ ވެރިޔާ ދިގަލި މުހައްމަދު ވަހީދެވެ.

ގުޅުންހުރި
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: ލޮޓަސްގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯގެ
ރިޝްވަތަށް އެދުނު މައްސަލައެއްގައި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރަކަށް ދައުވާކުރަނީ
ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އެކަން އެނގޭ ބަޔަކު ނެތް،
ވޭޕް އެތެރެކުރުމުން ކުރާ ޖޫރިމަނާގެ ފައިސާ ހޯދޭނެ ކަމެއް ބުއްދި ގަބޫލެއް
ވޭޕް އެތެކުރި ވަކިވަކި މީހުން 48 މިލިޔް ރުފިޔާ ހަމައަށް ޖޫރިމަނާކޮށްފިން:
ވަގަށް އެތެރެކުރަން އުޅުނު އެއް ލައްކައަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި