އޮކްޓޯބަރ 25, 2025

މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަނީ

މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މާލެއިން ގެއްލިގެން ހޯދަމުންދަނީ ނޭޕާލް ރައްޔިތެއް ކަމަށްވާ ޕޫރްނީމާ ގަޖްމާ (19އ) އެވެ.

ފުލުހުން މިރޭ ބުނީ ޕޫރްނީމާ ހޯދަމުންދަނީ މިދިޔަ އަންގާރަ ދުވަހުގެ މެންދުރު 2:00 ހާއިރުން ފެށިގެން، ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް އިއްޔެ އިރުއޮއްސި 06:56 ހާއިރު ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ކަމަށެވެ.

ޕޫރްނިމާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި ހުރިހާ ޑިޕާޓްމެންޓުތަކަށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށާއި ނަމަވެސް ޕޫރްނިމާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭ ތަނެއް ހޯދިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން ޕޫރްނީމާ ގަޖްމާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.