ނޮވެމްބަރ 8, 2025

ވިލިނގިލީގައި ސައިކަލަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ޒުވާނަކު ނިޔާވެއްޖެ

ގއ. ވިލިނގިލީގައި ސައިކަލަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ޒުވާނަކު ނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ނިޔާވެފައިވަނީ ވިލިނގިލި/ ސޯސަންވިލާ، ވިކާޝް އަހުމަދެވެ. އޭނާގެ އުމުރަކީ 26 އަހަރެވެ.

ފުލުހުން ބުނީ ވިލިނގިލި ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް 4 ނޮވެންބަރު 2025ގެ ރޭ 1:25 ހާއިރު ވިލިނގިލި ސަމުގާ މަގުގައި ސައިކަލާއެކު ވެއްޓިފައި އޮތް މީހަކު ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

އެ މީހާ ވެއްޓިފައިވަނީ ގެއެއްގެ ފާރުގައި ޖެހި އެކްސިޑެންޓެއް ވެގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މީހާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވީ މިއަދު އެވެ.