ގަވާއިދާ ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެ އުޅުނިކޮށް އަތުލައިގަތް ބޭރުގެ ބޯޓަކީ ސްރީ ލަންކާގެ ބޯޓެއް ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އެމްއެންޑީއެފުން އެކްސްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެމްއެންޑީއެފްގެ އެއާކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށްފައިވާ ކަމަށެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ލަންކާއަށް ނިސްބަތްވާ އެ ބޯޓުގައި 300 ކިލޯގްރާމުގެ ހެރޮއިން އަދި ކްރިސްޓަލް މެތަމްފެޓަމިން ހުއްޓެވެ. އަދި އޭގެން ދަތުރުކުރި ހަ މީހަކު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލަންކާގެ ޑްރަގު ވިޔަފާރީގެ ބޮޑަކަށް ނިސްބަތްވާ މަސްތުވާތަކެތީގެ އެ ޝިޕްމަންޓު ހިމެނޭ އުޅަނދު، އެމްއެމްޑީއެފްގެ ކޯސްޓްގާޑުން ހިފަހައްޓާފައިވަނީ ލަންކާ ނޭވީން ފޯރުކޮށްދިން އިންޓެލިޖެންސަކާއެކު ކަމަށް ނޫސްތަކުން ރިޕޯޓުކުރެއެވެ.
އެ މައްސަލައާ ގުޅޭގޮތުން ރާއްޖޭގެ އިދާރާތަކުން މާބޮޑު ތަފްސީލެއް ފޯރުކޮށްދީފައެއް ނުވެއެވެ.




ގުޅުންހުރި
މާލޭގެ ގެއެއް ބަލައި ފާސްކޮށް، ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި
ދެ ތަނެއް ބަލައިފާސްކޮށް، ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
ޓެލެތޯނުން ލިބުނު އަށް ލައްކަ ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި
މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ ހަށިގަނޑު ފަޅާލައި 78 ބުލެޓުގެ