ސަރުކާރު ހިންގާ، ޕީޕަލްސް ނޭޝަނަލް ޕާޓީ (ޕީއެންސީ)ގެ ޖަލްސާއާއެކު، ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓުގެ ޖަލްސާއެއް ވެސް ބޭއްވުމަށް ނިންމައިފިއެވެ.
ޕީއެންސީގެ ޖަލްސާއަށް އެ ޕާޓީން ތައްޔާރުވުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑު ހަރަކާތެއް ހިންގާފައިވާ އިރު، އިއްޔެއިން ފެށިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަލްސާއަށް މާލެ ގެނެސްފައެވެ.
ޕީއެންސީގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައެވެ. ސަރުކާރަށް ދެ އަހަރު ފުރޭ މުނާސަބަތުގައި ބާއްވާ އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާ ޕީއެންއެފުން މިއަދު ބުނީ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ފްރޮންޓް އޮފީސް ވަރަށް ހާއްސަ ޖަލްސާއެއް މިރޭ 8:45 ގައި އޮންނާނެ ކަމަށާއި ގައުމު ދެކެ ލޯބިވާ ބޭފުޅުންނަށް ދައުވަތު އަރުވާ ކަމަށެވެ.
ޕީއެންފުން ސިލްސިލާކޮށް ޖަލްސާތައް ބޭއްވި ނަމަވެސް، އެ ޖަލްސާތައް އާންމުކޮށް ބާއްވަނީ އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަސްތަކުގައެވެ. މެންބަރުން މަދު ޕާޓީއެއް ނަމަވެސް، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންއެފުން ގެންދަނީ އަޑުއުފުލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ސަރުކާރަށް ދެ އަހަރު ފުރޭ ދުވަހާ ދިމާކޮށް، މިމަހުގެ 17 ގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީން ވެސް އެއްވުމަށް ބޭއްވުމަށް ކުރިން ތާވަލުކުރިއެވެ. ނަމަވެސް ސަރުކާރުން ހުރަސްއަޅާ ކަމަށްބުނެ، އެމްޑީޕީން ވަނީ އެ އެއްވުން ފަސްކޮށްފައެވެ.




1 Comment
ގުޅުންހުރި
ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީފި
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ
މާލީ އަހުލާގު ދެމެހެއްޓުމަކީ މައިގަނޑު ސިޔާސަތެއް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ: ރައީސް
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް: