އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްމާއީލް އިސްތިއުފާ ދެއްވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާދެއްވިކަން، އޭނާ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކަށަވަރުކޮށްދެއްވި ނަމަވެސް، އިސްތިއުފާދެއްވި ސަބަބެއް ވިދާޅެއް ނުވެއެވެ.
ފައްޔާޒްގެ ޕޯސްޓުގައި ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުގައި ހުރި މުއްދަތުގައި ޕާޓީގެ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދިން އާންމު މެންބަރުންނާއި ޕާޓީގެ ކަންކަމުގައި ބުރަކޮށް މަސައްކަތް ކުރަމުންގެންދާ ގައުމީ މަޖިލީހާއި ސެކްރެޓޭރިއޭޓުގެ މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
”އަސާސީ ހައްގުތަކާއި ރައްޔިތުންގެ ބާރުވެރިކަން ހޯދައިދިން ޕާޓީގެ މެންބަރުންނާއެކު ގާތުން މަސައްކަތްކުރެވުމަކީ އަޅުގަނޑުގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފެވެ. ކުރިއަށްއޮތް ދުވަސްތަކުގައި ވެސް މި ޕާޓީގެ ގައުމީ މަޖިލީހާއި އާންމު މެންބަރެއްގެ ގޮތުގައި ވެސް އިސްލާހީ މަސައްކަތުގައި ތި ބޭފުޅުންނާއެކު އަޅުގަނޑު ދެމިހުންނާނަމެވެ..،“ އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަމުގެ މަގާމު ފުރުއްވި ފައްޔާޒް ވަނީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ވެސް މީގެ ކުރިން ފާޅުކުރައްވައިފައެވެ.




ގުޅުންހުރި
ސާޖިދާއަށް އެމްޑީޕީ އާއި ފައްޔާޒްގެ ކިބައިން ބަދަލު ހޯދޭނެ: ފެމިލީ ކޯޓު
މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ފައިސާދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް ދަނީ
ސަރުކާރުން ހުއްދަނުދިނުމުން އެމްޑީޕީގެ އެއްވުން ފަސްކޮށްފި
މާލޭގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އާޒިމް ކެމްޕެއިން ފައްޓަވައިފި
އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި ހަ މީހުން ދޫކޮށްލައިފި
ފައްޔާޒަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލާގައި ސައުދުﷲ: ބަދަލު ދިނީ ދައުލަތަށް ފައިދާވާ