މަސްތުވާތަކެތީގެ މައްސަލައެއްގައި، ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ)ގެ މުވައްޒަފަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ހ. ދަނބުމާގެ، އިސްމާއިލް އަބްދުﷲ (42އ) އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އޭނާއަކީ އެންޑީއޭގެ މުވައްޒަފެކެވެ. ފަސް ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާތީ ކަމަށް ކޯޓުގައި އަމުރުގައިވެއެވެ.
އެގޮތުން ފުލުހެއްގެ ހެކިބަސް ހުށަހަޅާފައިވާ ކަމަށާއި އަދި އޭނާ ވައްޓާލި އެތި ނަގައި ބެލިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށެވެ. އޭނާގެ ޔޫރިން ޓެސްޓު ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ ބަންދަށް ކުރު މުއްދަތެއް ދީފައިވަނީ ވަކީލެއް ބޭނުންވާ ކަމަށް އެދުމުންނެވެ.
އެންޑީއޭ އިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް ޑްރަގުދީ، ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތުގައި މިދިިޔަ ބުރާސްފަތި ދުވަހު ވެސް އެންޑީއޭގެ މުވައްޒަފަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހުރީ 15 ދުވަހުގެ ބަންދެއްގައެވެ.




ގުޅުންހުރި
ކޯޓަށް ހާޒިރުނުވެގެން ހަމްދޫން ހޯދަނީ
ފުލުހަކު ކުއްޖަކަށް އަނިޔާކޮށް، ބިރުދެއްކި މައްސަލައެއް ބަލަނީ
ފުލުހުންގެ ބެލުމުގެ ދަށުން ތަކެތި ގެއްލިގެން ނުވާނެ: ފުލުހުން
ފުލުހުންގެ ތެރޭގައި ސިނގިރޭޓު ވައްކަންތަކެއް، ޖިނާއީ ތަހުގީގު ފަށައިފި
ކްލަޔަންޓުންނަށް ފަރުވާއާއެކު ޑްރަގު ދޭ މައްސަލައިގައި އެންޑީއޭގެ މުވައްޒަފަކު ހައްޔަރުކޮށްފި
ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް, ތުހުމަތު