ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ އެގޮތަށް ނިންމީ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، ގެނެވުނު ފަރާތެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް ތަހުގީގު ކޮމެޓީއަށް ސާބިތުވެފައިވާތީ ކަމަށެވެ.
ޖޭއެސްސީން ބަލަމުންދިޔަ ދެ މައްސަލައަކާ ގުޅިގެން މިދިޔަ މަހުގެ 22 ގައި އޭނާ ވަނީ ސަސްޕެންޑު ވެސް ކޮށްފައެވެ.
ފާއިޒް ސަސްޕެންޑްކުރީ މަސްތުވާތަކެތީގެ ބޮޑެއް ކަމަށްވާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު (41އ) ބަންދުން ދޫކޮށްލުމާއި، މޭރީ ގްރޭސް މަރުގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާގެ ބަންދާ މެދު އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހެޅި މައްސަލަތަކާ ގުޅިގެންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މައްސަލަ ބެއްލެވި ގާޒީން ”ރަހީނު“ ކޮށްގެން ކަމަށް އޭނާ ވިދާޅުވާ އޯޑިއޯއެއް ލީކުވުމާ ގުޅިގެން ވެސް 2021 ވަނަ އަހަރުވެސް ފާއިޒް ސަސްޕެންޑުކުރިއެވެ.




1 Comment
ގުޅުންހުރި
ބައްސާމުގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ އިތުރު ދައުވާތަކެެއް ސާބިތުވެއްޖެ
ރުގްޔާގެ ނަމުގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކަށް ހުކުމްކޮށްފި
ޔާމީން ރަޝީދުގެ މަރު: ހައި ކޯޓުން ދޫކޮށްލި ދެ މީހުން ޝަރީއަތް
ޒުވާން ވިޔަފާރިވެރިޔާ މަންޑޭ 397 އަހަރަށް ޖަލަށް!
މަންޑޭއަށް ހުކުމްކުރުން މާދަމާ
މަންޑޭގެ މައްޗަށް 94 ދައުވާއެއް ސާބިތުވެއްޖެ