ޖެނުއަރީ 1, 2026

އެލައިޑުން އެސްއެމްއީތަކަށް ހާއްސަ ”ކޯޕަރޭޓް ގްރޫޕު ހެލްތު އިންޝުއަރެންސް“ ޕެކޭޖުތަކެއް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ”ކޯޕަރޭޓް ގްރޫޕު ހެލްތު އިންޝުއަރެންސް“ ޕެކޭޖުތަކެއް އެލައިޑް އިންޝުއަރެންސުން ތައާރަފުކޮށްފިއެވެ.

އެލައިޑުން ބުނީ ކުދި، މެދު ނުވަތަ ފުޅާވަމުން އަންނަ ކޮންމެ ފަންތިއެއްގެ ވިޔަފާރިއެއް ހިންގި ކަމުގައިވިޔަސް، ވިޔަފާރީގެ އެންމެ ބޮޑު ކާމިޔާބީގެ އަސްލަކީ އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށާއި ގިނަ ވިޔަފާރިތަކަކީ މުވައްޒަފުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދޭން ބޭނުންވާ ވިޔަފާރިތަކެއް ކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށެވެ.

ނަމަވެސް އެކަމަށް އެކަށީގެންވާ ފުރިހަމަ ކަވަރޭޖެއް ހޯދުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކުރެވިފައިވާތީ، އެކަމަށް ހައްލެއް ހޯދުމަށް ”ކޯޕަރޭޓް ގްރޫޕު ހެލްތު އިންޝުއަރެންސް“ ޕެކޭޖުތައް ތައާރަފުކޮށްފައިވާ ކަމަށް އެލައިޑުން ބުންޏެވެ.

”މިއީ މުވައްޒަފުންނަށް އިތުބާރު ހުރި ރަައްކާތެރިކަމެއް ފޯރުކޮށްދިނުމަށާއި، ވިޔަފާރިވެރިންނަށް ހިތްހަމަޖެހުން ހޯދައިދިނުމަށްޓަކައި ފަރުމާކުރެވިފައިވާ ޕެކޭޖުތަކެކެވެ..،“ އެލައިޑުން ބުންޏެވެ.

ގްރޫޕު ހެލްތު ޕްލޭންތަކުގެ ދަށުން ކަވަރޭޖު ލިބިގެންދާނެ ކަންތައްތައް:

  • އިންފޭޝަންޓް ހިދުމަތްތައް: ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދޭ ފަރުވާ، އޮޕަރޭޝަންތައް އަދި ބޮޑެތި ބަލިތަކަށް ކުރާ ފަރުވާ
  • އައުޓްޕޭޝަންޓް ހިދުމަތްތައް: ޑޮކްޓަރަށް ދެއްކުން، ޓެސްޓުތައް ހެދުން، ބޭސްފަރުވާގެ ހަރަދު އަދި މިނޫން ވެސް އިތުރު ހިދުމަތްތައް

އެލައިޑުން ބުނީ އެ ޕެކޭޖުތަކަކީ މެނޭޖުކުރަން ފަސޭހަ އަދި މުވައްޒަފުންގެ އަދަދަށް ބަލައި، ވިޔަފާރިއަށް އެންމެ އެކަށީގެންވާ ގޮތަށް ގެނެވޭނެ ޕެކޭޖުތަކެއް ކަމަށާއި އެ ޕްލޭންތަކުގެ ދަށުން ”ޕާސަނަލް އެކްސިޑެންޓް ކަވަރޭޖު“ އިހުތިޔާރުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. އޭގެ ދަށުން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ފަދަ ކުއްލި ހާދިސާތަކުގައި މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުކޮށްދޭ ކަމަށް އެލައިޑުން ބުންޏެވެ.

”އެލައިޑް އިންޝުއަރެންސާއެކު ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނީ ހަމައެކަނި އިންޝުއަރެންސް ޕޮލިސީއެއް ނޫނެވެ. ތިޔަބޭފުޅުންގެ މުވައްޒަފުންނާއި ވިޔަފާރި ރައްކާތެރިކުރުމުގައި އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދޭނެ އިތުބާރު ހުރި ބައިވެރިއެކެވެ..،“ އެލައިޑުން ބުންޏެވެ.

އެލައިޑްގެ ޕެކޭޖުތަކާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން އެ ކުންފުނީގެ ހޮޓްލައިން ނަމްބަރު 1600 އަށް ގުޅުމަށް އެލައިޑުން އެދެއެވެ.