ރާއްޖޭގައި މިވަގުތު އެންމެ ގިނަ މެންބަރުންނާ އެކު އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެެވެ.
އީސީން މިއަދު ވަނީ، ސިޔާސީ ޕާޓީތަކުގައި މިދިޔަ އަހަރުގެ ނިޔަލަށް ތިބި މެންބަރުންގެ ތަފާސްހިސާބު ހާމަކޮށްފަ އެވެ.
އެ މައުލޫމާތުގައިވާ ގޮތުން 74،048 މެންބަރުންނާ އެކު މިވަގުތު އެންމެ ބޮޑު ޕާޓީއަކަށް އޮތީ ވެރިކަންކުުރާ ޕީއެންސީ އެވެ. ރާއްޖޭގައި އޮތް އިދިކޮޅު އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީ އެވެ. އެމްޑީޕީގައި 43،784 މެންބަރުން އެބަ ތިއްބެވެ. އެއީ ޕީއެންސީއަށްވުރެ 30،264 މެންބަރުން މަދު އަދަދެކެވެ.
31 ޑިސެންބަރު 2025ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދު:
- ޖޭޕީ – 12،343 މެންބަރުން
- އެމްޑީއޭ – 9،686 މެންބަރުން
- އަދާލަތު ޕާޓީ – 8،267 މެންބަރުން
- މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) – 5،133 މެންބަރުން
- ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) – 3،012 މެންބަރުން
- ދަ ޑިމޮކްެރެޓްސް – 2،952 މެންބަރުން
- މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) – 1،710 މެންބަރުން







